A wide advertisement which will be shown on all devices. (700 x 100)

އިންތިޚާބީ ނާއިބުރައީސް މަގާމުން ދުރުކުރީ ގޯނި ގޯންޏަށް ފައިސާ އަޅާއިގެންގޮސް މެންބަރުންނަށް ބަހައިގެން – ކުރީގެ ޔޫތުމިނިސްޓަރ

ޔާމީނަށް ތާއީދު ހޯދުމުގެ މަސައްކަތުގައި މަލީހުއާއި ޖަމީލު ބުރަކޮށް މަސައްކަތް ކުރެއްވި. ނަމަވެސް ލިބުނީ "ކޮޅު ކެހި".

އިންތިޚާބީ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަޙުމަދު މަގާމުން ދުރުކުރީ ގޯނި ގޯންޏަށް ފައިސާ އަޅާއިގެން ގޮސް ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނަށް ބަހައި އެއިގެ ނުފޫޒުން ކަމަށް މިސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރ މަލީހު ޖަމާލު މިރޭ ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކްގައި މިރޭ އާއްމުކުރި ސްޓޭޓަސްއެއް ގައެވެ. މަލީހު ވިދާޅުވިގޮތުގައި ޑރ. ޖަމީލު މަގާމުން ވަކިކޮށްފައި ވަނީ ނުހައްގުން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި މަޖުލީސް މެންބަރުންނަށް ބަހައިގެން އެއިގެ ނުފޫޒުންނެވެ. މަލީހު މިހެން ވިދާޅުވިއިރު ޕީޕީއެމް އެމްޑީއޭ ކޯލިޝަނުގެ މަޖުލިސް މެންބަރަކު ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވުނު މަޖުލީހުގެ ޖަލްސާގައި ފާޅުގައި މިކަމަށް އިއުތިރާފު ވެފައެވެ.

ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލު ވިދާޅުވީ ގޯނިގޯންޏަށް ފައިސާ އަޅާއިގެން ގޮސް މެންބަރުނަށް ބަހާ ހެދީ އޭނާގެ އަތުން ކަމަށެވެ. އަދި އެއީ ނުލިބޭ ފައިސާއެއް ކަމަށް ދެއްކޭނެ ހެއްކެއް ނޯންނާނެ ކަމަށް އިޝާރާތް ކުރައްވައި ހެކި ދެއްކެވުމުގެ ގޮތުން އޭނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. ދައުލަތުގެ 1.2 ބިލިޔަން ރުފިޔާއަށް ޚިޔާނާތްތެރި ވެގެން އުޅޭ މައްސަލާގއި މަޖުލީހުގައި ކުރެވުނު ބަހުސު ވަނީ ވަރަށް ހޫނުވެފައެވެ.

ކުރީގެ ޔޫތު މިނިސްޓަރ މަލީހުއާއި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލުއަކީ ޔާމީނު ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ފުވައްމުލަކަށް ނިސްބަތްވާ ދެބޭފުޅުންނެވެ. ނަމަވެސް މަލީހުއާއި ޑރ. ޖަމީލު މަގާމުން ވަކިކުރީ ޔާމީނުގެ ސަރުކާރަށް 2 އަހަރު ވެސް ނުވަނީހެވެ. އެހިސާބުން މިދެބޭފުޅުން ސަރުކާރަށް ފާޑުވިދާޅުވާން ފައްޓަވައި، އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި އެއް ޖަލްސާތަކުން ފެންނަން ފެށިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !