A wide advertisement which will be shown on all devices. (700 x 100)

މިރޭ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށް މޫސުމް ލަފާކުރޭ

ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރޭ. ފުވައްމުލަކަށް 2018 ސެޕްޓެމްބަރުގައި އެރި އުދަ

މިރޭ ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާވެ ގުގުރައި، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމް ލަފާކުރާ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ހަމަކުރައްވައެވެ.

އެއާއެކު ފުވައްމުލައް ސިޓީގައި ފެންބޮޑު ވެދާނެތީ ސަމާލުވުމަށް އެސިޓީގެ ކައުންސިލުން ވަނީ ރައްޔިތުންގެ ސަމަލުކަމަށް ގެނައުމަށް ނޯޓިސްއެއް ނެރެފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ނަމްބަރު 6869118 އަށް ގުޅުއްވުމަށް އެދިފައިވެއެވެ. އަދި ފުވައްމުލަކު ފުލުންނަށް ގުޅުއްވުމަށް (6865013) ވެސް އެދިފައިވެއެވެ.

މިރޭގެ ވިއްސާރައާއެކު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަަމަށް ލަފާ ކުރެއެވެ. އެހެން ހިސާބުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު-އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަަދަވުން އެކަށީގެން ވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ބެލެވެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !