17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކުން ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެއްޗާއި ފައިސާތަކެއް. ފައިލް ފޮޓޯ

ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައި ހުރި އެއްޗެއްހިތަކެއް ފުލުހުން ހޯދައިފި

ފުވައްމުލަކުގައި ބަނގުރާ ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައި ހުރި އެއްޗެއްހިތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ ފުވައްމުލަކު ފަޅު ގެއެއްގެތެރޭގައި މިތަކެތި ހުރިކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތު ލިބުމާއި ގުޅިގެން އެގޭތެރެ ބަލައި ފާސްކުރަމުންދަނިކޮށް ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައި ހުރި އެއްޗެއް ހުރި 5 ލީޓަރުގެ 2 ހަން ފެނިފައިވާ ކަމަށެވެ.
“މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި، މި އޮޕަރޭޝަނަކީ ފުލުހުން ބިޒްނަސް ޕްލޭންގައި ކަނޑައަޅާފައިވާ ޕްރައޯރިޓީސްތަކުގެ ތެރެއިން ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރުކުރުމާއި ޓްރަރިޒަމާއި އިންސާނުން ޓްރެފިކްކުރުން ފަދަ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް” ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު