A wide advertisement which will be shown on all devices. (700 x 100)

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ފުވައްމުލަކުގައި ބާއްވައިފި

މިއަދު ފުވައްމުލަކުގައި ބޭއްވި ހުރިވީ ދުވަހުގެ ރަސްމީ ޖަލްސާގެ ބައިވެރިން.

މަލާބާރީން ނުވަތަ ހޮޅިންގެ އަތްދޮށުން ރާއްޖެ ސަލާމަތްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ހުރަވީ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ދާދި ދެންމެއަކު ޏއަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވައިފިއެވެ. މިޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ.

މިޖަލްސާގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކާއި ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެންބަރު ޝާހު އާއި މެދު ދާއިރާގެ މަޖުލިސް މެންބަރުން އަލީ ފަޒާދު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ޝަރަފުވެރި މެހުމާނު ހޯމް މިނިސްޓަރު އުމަރު ނަސީރާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެވި އިއްޒަތްތެރިއެއް ކަމަށްވާ އައްބާސް އިބުރާހިމް ވެސް ވާހަކަފުޅު ދެއްކެވިއެވެ.

ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭ 3 ޖުމާދުލް އާޚިރާ އަކީ، މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިން، މަލާބާރީންގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތް ކުރެވި ދުވަހެ އެވެ. މިދުވަހަށް ހުރަވީ ދުވަހޭ ކިޔެނީ ދޮންބަންޑާރައިން ނިސްބަތް ވަނީ ހުރަވީ ޚާންދާނަށް ކަމަށް ވާތީ އެވެ. 

ގުޅޭ ލިޔުން: މިއަހަރުގެ ހުރަވީ ދުވަހުގެ ރަސްމީކޮށް ފާހަގަ ކުރުން ފުވައްމުލަކުގައި ބާއްވަނީ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !