A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކާއި އައްޑު ބަޔޮސްފިއާ ރިޒާވަކަށް ހަދަނީ

ފުވައްމުލަކާއި އައްޑު ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ. އަދި އެގޮތަށް އެކަން ނިންމައި ދިނުމަށް ޔުނެސްކޯއަށް މިއަހަރު ސެޕްޓެމްބަރު މަހުތެރޭ ހުށަހަޅުއްވާނެކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން އިއްޔެވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ހުސައިން ވިދާޅުވީ، އައްޑު އާއި ފުވައްމުލަކަކީ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ޔުނެސްކޯ އަށް ހުށަހަޅާނެ ކަމަށެވެ.

ބަޔޮސްފިއާ ރިޒާވެއް ކަމަށް ޔުނެސްކޯ އިން ކަނޑައަޅާނީ ސަރުކާރުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި، ޝަރުތު ހަމަވާ ނަމަ އެވެ. ހުސައިން ރަޝީދު އިތުރަށް ވިދާޅުވީ މިކަން ކުރަމުން މިދަނީ އެސިޓީގެ ބޭފުޅުންގެ އެއްބާރުލުމާއިއެކު ކަމަށާއި މިކަމުގެ ބޭނުމަކީ އެ ތަންތަން މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އެންމެ އާންމުކޮށް ފެމުނު (ޓައިގާ ޝާކު) ފެންނަ މަންޒިލެވެ. ފެމުނުގެ އިތުރުން މިޔަރުގެ އެހެނިހެން ބާވަތްތަކާއި މަޑިފަދަ މަސްމަހާއިމެހީގެ (ރޭ) ބާވަތްތަކަށް މަޝްހޫރު ފުވައްމުލަކަކީ ޑައިވިން އަށް މަޝްހޫރު ޕޮއިންޓެކެވެ.

ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ ބ. އަތޮޅު އެކަންޏެވެ. ބ. އަތޮޅު ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެ އަތޮޅުގައި ބަޔޮސްފިއާގެ ރިޒާވްގެ މަސައްކަތް ފެށި ފަހުން އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް، މަސްމަހާމެއްސާއި ކަނޑުގެ ދިރުން ވަރަށް ބޮޑަށް އާލާކުރަމުން އަންނަ ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ބަޔޮސްފިއާގެ ގޮތުގައި ކަނޑައެޅުމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !