12 ނޮވެމްބަރ 2019 ( އަންގާރަ )

banner

ޑައިލިސިސް ސެންޓަރު ގާއިމު ކުރުމަށް ބޭނުންވާ ތަމްރީނުތަކަށް މުވައްޒަފުން ފޮނުވަނީ

ފުވައްމުލަކު ޑައިލިސިސް ސެންޓަރު ގާއިމުކުރުމަށް ބޭނުންވާ ޓްރެއިނިންއަށް ފުވައްމުލަކުގެ 4 ސްޓާފް ނަރުހަކު ފޮނުވުމަށް ރޭވިފައިވާ ކަމަށާއި އޭގެތެރެއިން އެއް ސްޓާފު ނަރުހަކު މިއަދު ވަނީ އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރަން ފަށާފައެވެ. އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަންފައްޓަވާފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ސްޓާފްޑް ނާސް ހުލާން ވަސީމެވެ. ހުލާން އައިޖީއެމް ހޮސްޕިޓަލުގައި ދެމަސްދުވަހުގެ ޓްރެއިނިން ފުރިހަމަ ކުރައްވާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

ހުލާންގެ އިތުރު 3 މީހަކު އައިޖީއެމް ހޮސްޕިޓަލުގައި ތަމްރީނުތައް ފުރިހަމަ ކުރުމަށް ރޭވިފައިވާ ކަމަށް ފުވައްމުލައް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި އަހުމަދު ސައީދު ވަނީ މީގެ ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކުރައްވާފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގެ ޚިދުމަތް ފެށުމަށް ރޭވިފައިވަނީ އަންނަ އޮގަސްޓް މަސްތެރޭގައެވެ. ޑައިލިސިސް ސެންޓަރު ގާއިމުކުރާ އިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ.


ކިޔުންތެރިންގެ ޚިޔާލު