12 ނޮވެމްބަރ 2019 ( އަންގާރަ )

banner

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގުމަތީގެ ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މާލެ ސިޓީކައުންސިލްގެ މެންބަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކުންވަނީ މަގުތަކުގެ އަމާންކަން ބަލަހައްޓައި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި ކުރުމަށް ރާވާފައިވާ ކަންތައްތަކާއި، މިކަންތައްތަކަށް ހުރި ގޮންޖެހުންތައް ޙިއްޞާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ހުރިހާގޮތަކުންވެސް ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުންކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް މަގުފަހިކޮށްދެއްވުމަށްޓަކައި ކަމާބެހޭ ބޭފުޅުން ފާހަގަކުރެއްވި ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް، މަޝްވަރާކުރައްވަންޖެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލުހޯއްދަވައި ދެއްވުމަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު