A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލުގެ މަދަހަ މުބާރާތް ސްޕޮންސަރ ކުރުމަށް ހުޅުވާލައިފި

މަދަހަ ކިޔުން

އަންނަ ޖުލައިމަހުގެ ކުރީ ކޮޅު ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ސްކޫލު ކުދިންގެ މަދަހަ މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދެވޭ މިމުބާރާތަށް އެހީތެރިވެ ދެއްވުމަށާއި ސްޕޮންސަރ ކުރައްވަން ޝއުގުވެރިވާ ފަރާތްތަކުން ސިޓީ ކައުންސިލްގެ ފޯން 6865001 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުމަށް އެފަރާތުން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. ނުވަތަ އެ ކައުންސިލަށް އީމެެއިލް ކުރައްވައިގެން ކުރިޔަށް ގެންދުމަށް އެދިލައްވާފައި ވެއެވެ.

ސްކޫލް ކުދިންގެ މެދުގައި މިމުބާރާތް ބޭއްވުމުގެ މަގުސަދަކީ މަދަޙަ ކިއުމުގެ ފަންނުވެރިކަން ކުރިއެރުވުމާއި ސްކޫލް ކުދިންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް މަދަޙައަށް ލޯބި ޖެއްސުން ކަމަށް ހާމަކުރައްވައެވެ. މީގެ އިތުރުން ދިވެހި އަދަބިއްޔަތަށް ދަރިވަރުންގެ ހިތުގައި ލޯބި އުފެއްދުމާއި އަމިއްލަ ދިވެހިވަންތަ ރާގާއި ޅެމުގެ އުފެއްދުންތެރިކަން އިތުރުކުރުން ކަމުގައި ސިޓީ ކައުން ސިލުން ހާމަކުރައްވައެވެ.

މި މުބާރާތުގެ ސަބަބުން މުސްތަގުބަލުގައި ފެންވަރު ރަނގަޅު މަދަޙަ ކިޔުންތެރިން ތަކެއް އުފެދި، ފަންނުވެރިކަން ތަރައްގީވެ ކުރިއަރައިގެން ދާނެކަމަށް އެކައުންސިލުން ދެކިލައްވައެވެ.

ފުވައްމުލައް ސިޓީގެ ސްކޫލްތަކުގައި ވެސް މަދަޙަ މުބާރަތްތައް ބާއްވަމުން އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !