A wide advertisement which will be shown on all devices. (700 x 100)

ޙިފްޒު ކުލާހެއް ހިންގުމަށް އެމްއޯޔޫ އެއްގައި ސޮއިކޮއްފި

ޙިފްޒު ކުލާސް ހިންގުމުގެ އެމްއޯޔޫ ގައި ސޮއި ކުރަނީ

އައިޑިއަލް ސްކޫލް އާއި އިންސްޓިޓިއުޓް ފޯރ ޤުރުއާން އެންޑް ސުންނަ، ގުޅިގެން ޙިފްޒު ކުލާހެއް ހިންގުމަށް އެމްއޯ ޔޫ އެއްގައި ސޮއިކޮއްފި އެވެ.

މި އެމްއޯޔޫގައި ގައި އިންސިޓިޓިއުޓް ފޯރ ޤުރުއާން އެންޑް ސުންނަ ގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓް ގެ ޗެއާރމަން އަބްދުﷲ ސައީދު ޙާލިދު އެވެ. އަދި އައިޑިއަލް ސްކޫލްގް ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޙުސެއިން އެވެ. 

ސޮއިކުރެވުނު މި އެމްއޯޔޫ އާއި ބެހޭގޮތުން އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޙުސެއިން މިކަލް ނޫހަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ މި އެމްއޯޔޫގެ ދަށުން ޙިފްޒު ކުލާހުގައި ކިޔަވާދެއްވާ ޓީޗަރުން ހިލޭ ސާބަހަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ އައިޑިއަލް ސްކޫލުން ކަމަށެވެ.

“މި ޙިފްޒު ކުލާހަކީ މުޅިންހިލޭ ބައިވެރިވެވޭ ކުލާހެއް، އަޅުގަނޑުމެން މި ބާއްވަނީ ކުޑަކުދިންނަށް ކުލާހަކާއި ބޮޑެތި މީހުންނަށް ކުލާހެއް” މުހައްމަދު ހުސެއިން ވިދާޅުވިއެވެ. އަދި މި ކުލާސްތަކުގައި އަރަބި އަދި އަޤީދާ ކިޔަވާ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މުހައްމަދު ހުސެއިން ވިދާޅުވިއެވެ. މިގޮތުން  މި ކުލާހުގައި އަރަބި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އިންޑިއާއިން ގެންނަ ޓީޗަރެކެވެ. އަދި އަޤިދާ ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ  އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ހުސެއިން އެވެ .

އިތުރަށް ވާހަކަ ދައްކަމުން އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ މި ކުލާސްތަށް މި މާރޗް މަހުގެ 27 ވާ އާދީތައް ދުވަހު ފެށޭނެކަމަށެވެ.

އިންސްޓިޓިއުޓް ފޯރ ޤުރުއާން އެންޑް ސުންނަ ފުވައްމުލަކު ކެމްޕަހުގައި މިހާރުވެސް ޤުރުއާން ލެވެލް 1،2،3 ގެ ކޯސްތަށް ކުރިޔަށްދާ ކަމަށް އެ ކެމްޕަހުން މައުލޫމާތު ދެއްވައެވެ.އަދި މި ކޯސްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ އިންސްޓިޓިއުޓުން ފާހަނގަ ކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !