A wide advertisement which will be shown on all devices. (700 x 100)

ބަައިނަލްއަގުވާމީ ޑައުންސިންޑްރޯމް ދުވަސް ފާހަނގަ ކުރުމަށް މިއަދު ޚާއްސަ ސައިކަލުބުރެއް ބާއްވަނީ

ބައިނަލް އަގުވާމީ ޑައުން ސިންޑްރޯމް ދުވަހަކީ 21 މާރޗް.

ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ފުވައްމުލަކުގައި މިއަދު ޚާއްސަ ސައިކަލުބުރެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ. ހާފިޒު އަހުމަދު ސްކޫލް (ހޭޒް) ގެ ރެއިންބޯ ޔުނިޓުން އިސްނަިަގއިގެން އިންތިޒާމުކުރާ މިހަރަކާތުގައި އެމްޖޭއެމާއި އެފްއެސް ގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޔުނިޓު ތަކުން ވެސް ބައިވެރިވެއެވެ. މީގެ އިތުރުން ރަށުގެ ގިނަ މުއައްސަސާތަކުން މިއަދުގެ ހަރަކާތުގައި ބައިވެރިވާނެކަމަށް މިހަރަކާތް ރޭވުމުގައި އިސްކޮށް އުޅުއްވާ ހޭޒް ރެއިންބޯ ޔުނިޓްގެ ޓީޗަރ ނިޒުނާ އާދަމް ވިދާޅުވިއެވެ.

މިއަދު، (18 މާރޗް ވާ ހުކުރު ދުވަހު) ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:45 ގައި ޏ. އަތޮޅު ތައުލީމީ މަރުކަޒު ކުރިމަތިން، ބޯޅަދަނޑު ކައިރިންނެވެ. 

މިއަހަރުގެ ބައިނަލް އަގުވާމީ ޑައުން ސިންޑްރޯމް ދުވަހުގެ ޝިއާރަކީ “އަހަރެންގެ ރައްޓެހިން އަހަރެންގެ މުޖުތަމިއު” އެވެ.

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ނިޒުނާ ވިދާޅުވީ ސައިކަލް ބުރު ފެށުމުގެ ކުރިން އެސަރަހައްދުގައި ފެށުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ. އަދި ސައިކަލް ބުރު ނިންމާލުމަށްފަހު އެންމެހާ ބައިވެރިން އެކުވެ އަތާއަތް ގުޅާލުމެއް ވެސް، ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

“މިއަދުގެ ސައިލް ބުރުގައި ބައިވެރިވާ އެންމެހާ ބޭފުޅުންވެސް ޑައުންސިންޑްރޯމް ކުދިންނާއި އެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ދެކުލައިގެ ދެއިސްޓާކީނަށް އަރަައިގެން ވަޑައިގެން ދެއްވުމަށް އެދެން.” ފުވައްމުލަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދީ ތަފާތު ހަރަކާތްތައް ހިންގުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަައްވަމުން ގެންދަވާ ނިޒުނާ އާދަމް ފާހަނގަކުރެއްވިއެވެ. 

ފުވައްމުލަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެއްވުމުގައި އުޅުއްވާ ފަރާތްތަކަކީ ރާއްޖޭގެ ނިސްބަތުން ވެސް ފާހަނގަކޮށްލެވޭ ފަރާތްތަކެކެވެ. ޚާއްސަކޮށް ހޭޒްގެ ރެއިންބޯ ޔުނިޓުން އިސްނަގައިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކަންކަމަށް ބެލެނިވެރިންނާއި ރައްޔިތުންގެ ސަމާލުކަން ހޯދުމަށް، ކޮންމެ އަހަރަކުވެސް ތަފާތު އެތައް ހަރަކާތެއް ހިންގަމުން ދެއެވެ. 

މީގެ އިތުރުން އިލްމީގޮތުން ވެސް ކުރިއެރުން ހޯދުމަށް ގައުމީ ފެންވަރުގެ ކޮންފަރެންސްތަކުގައި ބައިވެރިވެ އަންނަނީ ކަރުދާސްތައް ހުށަހަޅަމުންނެވެ. އެގޮތުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ބޭއްވުނު ބައިނަލް އަގުވާމީ ޓީޗަސް ކޮންފަރެންސްގައި އެބޭފުޅުންގެ އުނގަންނައިދިނުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ކަރުދާސްތަކެއް ހުށަހެޅުމުން، ކޮންފަރެންސްގެ ބައިވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެން ދިޔައެވެ.

މީގެ އިތުރުން ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އެކިކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވޭ ބައްދަލުވުންތަކުގައި “މި ޚާއްސަ’ ފަރާރްތަކުގެ އިރުޝާދާއި މަސައްކަތް އެހެންމީހުންނާއި ހިއްސާކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން 2014 ވަނަ އަހަރު ހދ. ކުޅުދުއްފުށީގައި ބޭއްވުނު ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ގައުމީ ފެންވަރުގެ ބައްދަލުވުމެއްގައި ވެސް ގިނަބައެއްގެ ތާއިދު ލިބުނު ހުށަހެޅުމައް ‘އެބޭފުޅުންގެ’ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !