A wide advertisement which will be shown on all devices. (700 x 100)

އާ ޕްރިންސިޕަލާއެކު ޏ.އޭއީސީގެ ކިޔެވުން ކުރިޔަށް

ޏ.އެއީސީގެ ޕްރިންސިޕަލް އިސްމާޢީލް ސައުދުﷲ.

މިހަފުތާގެ ކިޔެވުން ޏ.އޭއީސީގެ މިއަދު ފެށީ އާ ޕްރިންސިޕަލަކާއި އެކުއެވެ. ޏ.އޭއީސީގެ ފޭސްބުކް ޕޭޖުގައި އާ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ އަށް މަރުހަބާ ކިޔާފައި ވެއެވެ. ޕްރިންސިޕަލް ވަނީ މިއަދު ސްކޫލުގެ މުވައްޒަފުންނާއި ބައްދަލުކޮށްފައެވެ.

ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ވަނީ މީގެ ކުރިން ގުރުއާނާ ބެހޭ މަރުކަޒު ހިންގެވުމުގެ އިސްމީހެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި އޭގެ ކުރިން ހުޅުމާލޭ ހުންނަ ޣާޒީ ސްކޫލުގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ. ސައުދުﷲ ވަނީ މިނިސްޓރީ އޮފް އެޑިއުކޭޝަނުން ޓީޗަރުންނަށް ހިންގި އައިސީޓީ ބައެއް ޓްރެއިނިން ޕްރޮގަރާމުތަކުގައި އިސްރޯލެއް އަދާކުރައްވާފައެވެ.

މިހާރު މާސްޓަރސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި ސައުދު ފުރަތަމަ ޑިގްރީ ހެއްދެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިންނެވެ.

ޕްރިންސިޕަލް ސައުދު ވަނީ މިރޭ އެސްކޭލުގެ ބެލެނިވެރިންނާއެކު އާއްމު ބައްދަލުވުމެއް ބާއްވާފައެވެ. އަދި މިބައްދަލުވުމުގައި އާއުއްމީދުތަކެއް ދެއްވިކަމަށް މައުލޫމާތު ލިބެއެވެ.

ޏ.އޭއީސީގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރިންސިޕަލަކު ނެތުމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. މިއަދުން ފެންށިގެން ގިނަ ބެލެނިވެރިންތަކެއްގެ އެޝަކުވާއަށް މިއޮތީ ނިމުމެއް އައިސްފައެވެ.

ކުރިން ޏ.އޭއީސީ އަކީ އިލްމީގޮތުން ރާއްޖޭގެ އެންމެ މަތީފަންތީގައި ގުނާލެވުނު ސެންޓަރެކެވެ. ނަމަވެސް އެއިގެ ފަހުން އައި ދުވަސްތަކުގައި ޏ.އޭއީސީގެ އޯލެވެލް އަދި އޭލެވެލް ނަތީޖާއިން ގައުމީ ފެންވަރެއްގައި ވާދަކުރެވިފައި ވާތަން ފެނިފައެއް ނުވެއެވެ. އަދި އެކަމާއި ގުޅިގެން ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވާން އޭރު ޏ.އޭއީސީން ވަނީ ބޭނުން ނުވެފައެވެ.

ޕްރިންސިޕަލް- ސައުދު މިރޭ ބެލެނިވެރިންނާއި ބައްދަލު ކުރައްވަނީ

ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ކުރިއާއި ޚިލާފަށް މިހާރު ޏ.އޭއީސީއަކީ ނިސްބަތުން ބޮޑު ސްކޫލެއް ނޫނެވެ. އެސްކޫލުގެ އާބާދީއަކީ ގާތްގަޑަކަށް 350 ކަމަށް ވެއެވެ. މިހާރު އެސްކޫލުގައި ކިޔަވައިދެނީ އެލެވެލް އާއި އޯލެވެލް ކްލާސްތަކެވެ. އޭގެތެރޭގައި ގްރޭޑް 7 ގެ ކްލާސްތައް ވެސް ހިމެނެއެވެ.

މިކަލް ނޫހުން އެދެނީ އައު ޕްރިންސިޕަލާއެކު އިތުރު މަސައްކަތްތަކެއް ކުރެވި ފުވައްމުލައް ސިޓީގެ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށް އެސެސުކޫލް ހަދައި ދިނުމެވެ. މިކަމަށް ބޭނުންވާ އެހީތެރިކަން ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިންގެ ފަރާތުން އެންމެ ޕްރިންސިޕަލަށް ފުރިހަމައަށް ދިނުމެވެ.

މިކަަލް ނޫހުން ވެސް އެދެނީ އައު ޕްރިންސިޕަލާއެކު ޏ.އޭއީސީއަށް އިތުރު ކާމިޔާބީއާއި ކުރިއެރުމެވެ.

ޏ.އޭއީސީގެ ޕްރިންސިޕަލް ސައުދު އެތުލެޓިސް އަށް ގޮސްފައި އަނބުރާ އައް ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ބަނދަރުގައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ފިޒާ

    ތިޔައީ ތިޔަ ސްކޫލުގެ ޓީޗަރުންނާ ބެލެނި ވެރިންނަށް ައަދި ދަރިވަރުން ނަށް ވެސް ލެވި ހެޔޮ ނަސީބެއް އިސްމާއީލް ސައުދުﷲއަކީ ވަރަށް ހިނގުން ތެރި ހިއްތިރި އިޚުލާސްތެރި ބޭފުޅެއް އޭނާތިޔަސްކޫލައް އާ މުސްތަޤްބަލެއް އާ ކުރިއެރުން ތަކެއް ހޯދަދެއްވާނެކަންޤީން! މަރުޙަބާ….!?

  • އަހުމަދު

    ދައުލަތުން ތިޔަތަނަށް ކުރާ ޚަރަދާ ދަރިވަރެއްގެ ބޮލަކަށް ޖެހޭ ޢަދަދު އިންތިހާއަށް މަތިވާނެ. ވީމާ ތިޔަ މަރުކަޒު އުވާލާފައި ތިޔަ 300 ކުދިން ތިޔަރަށުގެ އެހެން ސްކޫލްތަކަށް ބަހާލަންވީ.