A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީގެ އެތްލެޓިކްސް ޓީމު ކުޅުދުއްފުށީގައި

ޏ.އޭއީސީގެ އަންހެން އެތްލެޓިކްސް ޓީމު ކުޅުދުއްފުށީގައި ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ. ފޮޓޯ. ޏ.އޭއީސީ

މަކިޓާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި ބައިވެރިވާ ޏ.އޭއީސީގެ އެތްލެޓިކްސް ޓީމު ކުޅުދުއްފުށީގައި ޕްރެކްޓިސް ކުރަން ފަށައިފިއެވެ. ކުޅުދުއްފުށީގައި ހުންނަވައި މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ޏ.އޭއީސީގެ ސްޕޯރޓްސް ސްޕަވައިޒަރ ނިއުމާ ހަސަން ވިދާޅުވީ އެޓީމުން މިފަހަރު ބައިވެރިވަނީ 16 އަހަރުން ދަށުގެ ޓްރެކް އިވެންޓްތަކުގައި ކަމަށެވެ.

މި މާރޗް މަހު 21- 24 ށް ހދ. ކުޅުދުއްފުށީގައި ބޭއްވޭ މިމުބާރާތުގައި ޏ.އޭއީސީން ވާދަކުރަނީ 16 އަހަރުން ދަށުގެ ދެޓީމެވެ. އެއީ އަންހެން ޓީމުގެ 5 އެތްލީޓުން ނާއި ފިރިހެން ޓީމުގެ 4 އެތްލީޓުން ނެއެވެ. މި 9 ދަރިވަރުން ވާދަކުރާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، ސްޕްރިންޓް ރޭސްތަކާއި 400 މީޓަރު، 800 މީޓަރުގެ މެދު ދުވުމާއި، 1500 މީޓަރު އަދި 5000 މީޓަރުގެ ދިގު ދުވުމުގެ ރޭސްތަކުގައެވެ. މީގެ އިތުރުން ހާފިޒް އަހްމަދު ސުކޫލްގެ ޓީމަކާއި އެމްޖޭއެމްގެ ޓީމެއްވެސް މިމުބާރާތުގައި ވާދަކުރުމަށް ކުޅުދުއްފުއްޓަށް ގޮސްފައިވެއެވެ.

އެންމެ ފަހުން މާލޭގައި ބޭއްވުނު އެތްލެޓިކްސް މުބާރާތުގައި ވެސް ޏ.އޭއީސީގެ ޓީމުން ވަނީ ރަނގަޅު ކާމިޔާބެއް ހޯދާފައެވެ. ޏ. އޭއީސީ އަކީ އެތްލެޓިކްސްގައި މުޅި ރާއްޖެއިން ވެސް ފާހަނގަ ކުރެވޭ ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ސްކޫލެކެވެ. އެސްކޫލުގެ ދަރިވަރުން އެކި އުމުރުފުރާގެ ގައުމީ ޓީމުތަކުގައި ވެސް ހިމެނިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !