A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގެ ފެނުގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން މާދަޑު ކައުންސިލުން ހާއްސަ ހަރަކާތްތަކެއް ފަށައިފި

ދުނިޔޭގެ ފެނުގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން މާދަޑު ކައުންސިލުން މިއަދު ބޭއްވި ރަސްމިއްޔާތު

ދުނިޔޭގެ ފެނުގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން މާދަޑު ކައުންސިލުން ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

ދުނިޔޭގެ ފެނުގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން މާދަޑު ކައުންސިލުން މިއަދުވަނީ މާދަޑު ކޮންމެ ގެއަކަށް 5 ލީޓަރުގެ މިނަރަލްވޯޓަރ ފެންފުޅިއެއް ހަދިޔާކޮށްފައެވެ. އަދި އެފެންފުޅިއާއި އެކު ބޯފެން ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު އެކުލެވޭ ކަރުދާހެއްވެސް ދީފައިވެއެވެ.

މިއަދު މާދަޑު ކައުންސިލްގެ ގޯތިތެރޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާދަޑު ކައުންސިލްގެ ރައީސް މުހައްމަދު ޔާމީން ވިދާޅުވީ މިރަށުގައި އާންމުކޮށް ބޯންބޭނުންކުރަނީ ވާރޭ ފެންކަމަށާއި ނަމަވެސް ކުރިއާއި ހިލާފަތް މިހާރު ބޯފެން ރައްކާތެރިކުރުމުގައި ސަމާލުކަންދޭނެޖެހޭކަމަށެވެ.

“މީގެ އަހަރުތަކެއް ކުރިން ފެންނަގާ ފުރާޅު މާބޮޑަށް ހަޑިވެފައިއެއްނުހުރޭ، އޭރު މިހާރާއި އަޅާބަލާއިރު ހިރަފުހާއި ޖަނަވާރުގެ ނަޖިސް ފުރާޅުގައި ހުންނަލެއް މަދު ނަމަވެސް މިހާރު ހިރަފުހާއި ޖަނަވާރުގެ ނަޖިސްނެތް ފުރާޅެއް ނެތޭދެންނެވިދާނެ، އެއީ ވާ އަދި ބުޅާފަދަތަކެތި ކުރިއާއި އަޅާބަލާއިރު ގިނަވީމަ، އެހެންކަމުން ފެން ނެގުމުގައި ފުރާޅުގެ ސާފުތާހިރުކަމަށް ސަލާމުކަންދޭންޖެހޭ” ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ މާދަޑު ކައުންސިލުން މިއަދު ކޮންމެ ގެއަކަށް ދޭ ފެންފުޅިއަކީ ބޯފެން ރައްކާތެރިކުރުމާއި އަދި ސާފުބޯފެން ބުއިމަށް ބާރުއެޅުމުގެ ގޮތުން ދެވޭ ރަމްޒީހަދިޔާއެއް ކަމަށާއި އެހެން ކަމުން ހުރިހާ ގެތަކެއްގައި ސާފު ރައްކާތެރި ބޯފެން ބޭނުންކުރުމަށް ބާރުއަޅުއްވާކަމަށެވެ.

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަނގަކުރާ ދުނިޔޭގެ ފެނުގެ ދުވަސް ކަމަށްވުމާއި ދުވަހާއި ގުޅިގެން އެކައުންސިލުން އާންމުރައްޔިތުން ބޯފެނާއި ބެހޭގޮތުން މައުލޫމާތު ތަކެއް ދެއްވާފައިވެއެވެ. މިރަސްމިއްތާރުގައި މާދަޑު ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުންގެ އިތުރުން މާދަޑު އަވަށުގެ ހާއްސަ އެހީ ބޭނުންވާ ފަރާތްތަކާއި އާންމުރައްޔިތުން ބައިވެރިވެފައިވެއެވެ. އަދި ރަސްމިއްޔާތު ފެއްޓުމުގެ ގޮތުން ރަސްމިއްޔާތަށް ވަޑައިގެންނެވި ބައެއް ފަރާތްތަކަށް ފެންފުޅި ހަވާލުކުރުންވެސް އޮތެވެ.

ދިވެހިރާއްޖޭގެ ލޮލޮގެ ހާއްސަ ޑޮކްޓަރެއްކަމަށް ޑރ. އަބްދުﷲ ޖުނައިދު ކުރިން ވިދާޅުވެފައިވަނީ ލޮލަށްޖެހޭ ބަލިތަކުގެ ތެރެއިން ހިމެނޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ޓޮކްސޯޕްލާސްމޮސިސް ޖެހެނީ ބޯން ބޭނުންކުރާ ފެނުގައި ޖަނަރަވާރުގެ ނަޖިހުގެ އަސަރު ހުރެގެންކަމަށެވެ. އަދި ރާއްޖޭގައި ހެދި ދިރާސާއެއްގައި އެފަދަ އެންމެ ގިނަ ބަލިތައް ޖެހިފައިވާކަމަުގެ އަސަރު އެންމެ ގިނައިން ފެނިފައިވަނީ ފުވައްމުލަކުގެ މީހުންނަށްކަމަށެވެ. މިހެންކަމުން ބޯފެން ބޭނުންކުރުމުގައި ސަމާލުކަންދޭން ޖެހޭކަމަށެވެ.

މާދަޑު ކައުންސިލުން ބައިނަލްއަގުވާމީ މިފަދަ ދުވަސްތައް ކުލަގަދަގޮތެއްގައި ފާހަނގަކުރާކަން ފާހަނގަކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !