A wide advertisement which will be shown on all devices. (700 x 100)

އައިޑިއަލް ސްކޫލަށް ޤުރުއާން ޓީޗަރެއް ގެނެސްފި

އައިޑިއަލް ސްކޫލުން ގެނެސްފައިވާ ޤުރުއާން ޓީޗަރ

ދީނީ ތައުލީމަށް ޙާއްސަ އިސްކަމެއް ދެއްވާ ފުވައްމުލަކު އައިޑިއަލް ސްކޫލަށް ޤުރުއާން ޓީޗަރެއް ގެނެސްފިއެވެ.

އިންޑިއާއިން ގެނެސްފައިވާ މި ޤުރުއާން ޓީޗަރާއި ބެހޭގޮތުން މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ޕްރްންސިޕަލް މުހައްމަދު ހުސެއިން ވިދާޅުވީ މި ޤުރާން ޓީޗާރު ބޭނުންކޮއްގެން ހިލޭސާބަހަ ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން ކުޑަކުދިންގެ ޙިފްޒު ކުލާހަކާއި ބޮޑެތި މީހުންގެ ޙިފްޒު ކުލާހެއް، ޤުރުއާން ޓީޗަރު ބޭނުންކޮއްގެ އިންސްޓިޓިއުޓް ފޮރ ޤުރުއާން އެންޑް ސުންން، ފުވައްމުލަކު ކެމްޕަހުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކުލާސްތަށް 27 މާރޗް 2016 ވާ އާދީއްތަ ދުވަހު ފޭށޭނެ އެވެ.މި ކުލާސްތަކުގައި ޤުރުއާން ހިތު ދަސްކުރުމުގެ އިތުރަށް އަޤީދާ އާއި އަޙްލާގު ކިޔަވައި ދިނުމާއި އެކު ތަރަބިއްޔަތު ކުރެވޭނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ. މިކޯހުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ހަމަވެފައި ވީނަމަވެސް އަދިވެސް ފޯމް ބަލައިގަންނަމުން އަންނަކަމަށް އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން ހަފްތާ ބަންދާ ދިމާކޮއް ބޮޑެތި މީހުންނާއި ސްކޫލް ކުދިންނަށް ޙާއްސަ ކޮއްގެން އަރަބި ކިޔަވައި ދުނިމަށްޓަކައި ” ވީކެންޑް އަރަބި ކުލާހެއް ” ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކުލާސްތަކުގައި އަރަބި ކިޔަވައި ދިނުމުގެ އިތުރަށް އަޤީދާ އާއި އަޙްލާގު ކިޔަވައި ދިނުމާއި އެކު ތަރަބިއްޔަތު ކުރެވޭނެ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ހަވިރާއި، ރޭގަނޑު ބޮޑެތި މީހުންނަށް ޙާއްސަކޮއްގެން މި ކުލާސްތައް ހިންގާ އިރު ހެނދުނު ގަޑީގައި ސްކޫލް ކުދިންނަށް ޙާއްސަ ކޮއްގެން ކަލާހެއް ހިންގުމަށް ހަމަޖެހިފައިވެއެވެ

މި ކުލާސްތަށް ފެށުމަށް ހަމަޖެހިފައިވަނީ 01 އެޕްރީލް 2016 ވަނަ ދުވަހުއެވެ . މި ކުލާސްތަކުގައި ބައިވެރި ވުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 މަރޗް 2016 ގެ ކުރިން އައިޑިއަލް ސްކޫލަށް ބައިވެރިވުމަށް އެދި ފޯރމް ހުށަހެޅުމަށް އެ ސްކޫލުން އެދިލައްވައެވެ.

“ކައިރި މުސްތަޤްބަލެއްގައި ހެނދުނުގެ ވަގުތުގައި ތަޖްވީދުމަގުން ޤުރުއާން ކިޔަވައިދޭ ކުލާހެއް ވެސް ފެށިގެން ދާނެ، އިންޝާ ﷲ ! ” ޕްރިންސިޕަލް މުޙައްމަދު ޙުސެއިން ވިދާޅުވިއެވެ.

އިތުރަށް ވަހަކަ ދައްކަވަމުން ޕްރިންސިޕަލް މުހައްމަދު ހުސެއިން ވިދާޅުވީ، އައިޑިއަލް ސްކޫލަށް ގެނެސްފައިވާ ޤުރުއާން ޓީޗަރުގެ ،ޤުރުއާން ކިޔެވުން ރީތިވުމުގެ ސަބަބުން، ގިނަބައެއްގެ އަދުމުގެ މަތިން، މި އަންނަ ރަމަޟާން މަހު މި ރަށުގެ އެންމެ ގިނަ މީހުން ތަރާވީސް ކުރާ މިސްކިތްކަމަށްވާ، މަދަޑު އަވަށުގައި ހުންނަ މަސްޖިދުލް އިނާރާ ގައި ހިލޭސާބަހަށް ތަރާވީސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަސްޖިދުލް އިނާރާގެ އިމާމުގެ އެސިސްޓެންޓެއްގެ ގޮތުން އިމާމުވެ ނަމާދު ކުރުމާއި ބަންގި ގޮވުން މި ޓީޗާރު ބޭނުންކޮއްގެ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެހެން މިސްކިތްތަކުގައި ވެސް އެދިލައްވާ މިންވަރަކުން އިމާމުވެ ނަމާދު ކުރެވޭނެ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !