A wide advertisement which will be shown on all devices. (700 x 100)

އެތުލެޓިކްސް: ފިރިހެން 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޏ.އޭއީސީއަށް

މަކިޓާ 9 ވަނަ އެޓޯލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ޏ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވި ޓީމު. ފޮޓޯ: ޏ. އޭއީސީ

މަކިޓާ 9 ވަނަ އެޓޯލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ކަން ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފިއެވެ. އަދި އެމަރުކަޒުގެ ދަރިވަރު، މުހައްމަދު ޝަޒީން ޖިހާދު ވަނީ 16 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ޏ. އޭއީސީގެ މުހައްމަދު ޝަޒީން ޖިހާދު އެވެ. މުޅި މުބާރާތުގެ ފިރިހެން ކުދިންގެ ބައިން މަދަރުޝަތުލް ޝެއިޚު މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމުން) ވަނީ 2 ވަނަ ހޯދި އިރު، 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެމްޖޭއެމުން ވަނީ ޗެމްޕިއަން ކަން ހޯދާފައެވެ. އަދި 13 އަހަރުންށުގެ އެންމެ މޮޅު ފިރިހެން އެތްލީޓުގެ މަގާމު ހޯދީ އެމްޖޭއެމްގެ މުހައްމަދު ޝިނާޒު އެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޝަޒީން ޖިހާދު ހޯދިއިރު އެންމެ މޮޅު އަންހެން އެޗުލީޓުގެ މަގާމު ހޯދީ ކުލަބު އީޖަލްސްގެ އައިމިނަތު ޒާރާ އާތިފެވެ. ޝަޒީން ވަނީ 16 އަހރުން ދަށުގެވެސް އެންމެ މޮޅު އެތްލީޓްގެ މަގާވުވެސް ހާސިލުކޮށްފައެވެ.

މުޅި މުބާރާތުގެ ފިރިހެން ޗެމްޕިއަން ކަން ހޯދީ އެމްއެސް ހެލްޕިންގ ސްޕޯޓްސް އެކަޑަމީއެވެ. އަދި އަންހެން ޗެމްޕިއަން ކަން ހޯދީ ހ.ދ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުންނެވެ. އަންހެން ކުދިންގެ ބައިން ރަނަރަޕް ޓީމަކަށް ހޮވުނީ މާލޭ ތާޖުއްދީން ސްކޫލެވެ. އަދި މުޅި މުބާރާތުގެ ފިރިހެން ކުދިންގެ ބައިން 3 ވަނަ ޏ. އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރު އަންހެން ތިންވަނަ ހޯދީ ހ.ދ ނޮޅިވަރަމް ސްކޫލެވެ.

މުބާރާތުގެ އެންމެ ދޮށި އުމުރު ކަމަށްވާ 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން  ހޯދީ ޓީމް އެމް އެސް ހެލްޕިންގ ސްޕޯޓްސް އެކަޑަމީއެވެ. އެކެޓަގަރީގެ އަންހެން ބައި ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. މިއުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެޗުލީޓަކީ ތިނަދޫ ޒުވާނުންގެ ގުޅުމުގެ ސައިފުﷲ އަހުމަދު އެވެ. އެންމެ މޮޅު އަންހެން އެތުލީޓަކީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ނަޝާ ނިޒާރެވެ.

މުބާރާތުގެ ވަކިވަކި އެތުލީޓުންނަށް ލިބުނު ކާމިޔާބީއަށް ބަލާލާއިރު 13 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ މަގާމު ލިބުނީ މަދަރުޝަތުލް ޝޭހް މުހައްމަދު ޖަމާލުއްދީންގެ މުހައްމަދު ޝިނާޒުއަށެވެ. 13 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެޗުލީޓްގެ މަގާމު ކާމިޔާބުކުރީ ތާޖުއްދީން ސްކޫލުގެ އައިޝަތު ޝަބާ ސައީދެވެ.

މިމުބާރާތުގައި 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ މާލޭ ތާޖުއްދީން ސްކޫލެވެ. އަދި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ.

މިމުބާރާތުގައި ފުވައްމުލަކުގެ އެމްޖޭއެމުން ބައިވެރިވެފައިވަނީ ފިރިހެން 9 އެތްލީޓުންނާއި އަންހެން 10 އެތުލީޓުންގެ އިތުރުން 6 އޮފިޝަލުންނެވެ. ޏ.އޭއީސީން ފިރިހެން 4 އެތުލީޓުންނާއި އަންހެން 5 އެތުލިޓުންނާއި 4 އޮފިޝަލުން ހިމެނޭ ޓީމެއް ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން ހާފިޒު އަހުމަދު ސްކޫލުގެ ޓީމަކުން ވެސް މިމުބާރާތުގައި ބައިވެރިވިއެވެ.

ދެން އެންމެ އަވަހަށް ބޭއްވެ ސްކޫލްކުދިން ގެ އެތްލެޓިކްސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކުގައި ކަމަށް މައުލޫމާތު ލިބެއެވެ. މިމުބާރާތް އަންނަ ރޯދަމަހުގެ ކުރިން ބޭއްވޭނެ ކަމަށް ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !