A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ އާބާދީ 13 ހާހަށް އަރައިފި

ފުވައްމުލަކު އާބާދީ 13 ހާހަށް އަރައިފިއެވެ. ފުވައްމުލަކު އާބާދީ އާއި ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ހާމަކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކުގެ އާބާދީއަކީ 13038 މީހުންނެވެ. އެއީ 6646 ފިރިހެނުންނާއި 6392 އަންހެނުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސް ދުވަސްތެރޭ ފުވައްމުލަކު އާބާދީ އަށް އިތުރުވެފައިވަނީ 45 މީހުންނެވެ. އެއީ ގާތްގަޑަކަށް 0.35% ގެ ކުރިއެރުމެކެވެ. މިރޭޓުން ފުވައްމުލަކު އާބާދީ އިތުރުވާނަމަ އާބާދީ އަހަރެއްގެ މައްޗަށް އިތުރުވާ ނިސްބަތަކީ 0.69 އިންސައްތައެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ހިޖުރަކުރުމުގެ ނިސްބަތަށް ބަލާއިރު މިއަދަދު މިއަށްވުރެ ދަށްވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ފުވައްމުލަކު އާބާދީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާ ނިސްބަތް އަދި މިހާރަށްވުރެ ދަށްވާނެ ކަމަށްވެސް ލަފާކުރެވެއެވެ.

ފުވައްމުލަކު އާބާދީ އަށް އައިބަދަލަށް ބަލާލާއިރު ފުވައްމުލަކުގެ އެންމެ އާބާދީ ބޮޑު ދެއަވަށް ކަމަށްވާ ދޫޑިގަމާއި މިސްކިތްމަގުގެ އާބާދީއިތުރު ވެފައެއް ނުވެއެވެ. އެހެން ހުރިހާ އަވަށެއްގެ އާބާދީ ވަނީ އިތުރުވެފައެވެ. އަދި ފުވައްމުލަކުގެ އެންމެ ހަލުވި ކަމާއިއެކު ކުރިއަރަމުން އަންނަ އާބާދީ ކަމަށްވާ ހޯދަޑު ވަނީ ދަޑިމަގު ފަހަތަށް ޖައްސާލާ ތިންވަނައަށް އެންމެ އާބާދީ ބޮޑު އަވަށަށްވެފައެވެ. ނަމަވެސް، މިދިޔަ ހަމަސްތެރޭ އާބާދީ އަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ދިގުވާނޑު އަވަށުންނެވެ. ދިގުވާނޑު އަވަށުގެ އާބާދީއަށް 15 މީހުން އިތުރުވި އިރު ހޯދަޑު އަވަށުގެ އާބާދީ އަށް އިތުރުވެފައިވަނީ 14 މީހުންނެވެ.

ފުވައްމުލަކުގެ ތިން ދާއިރާއަށް ބަލާލާއިރު މިފަހަރުވެސް އާބާދީގެ އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ އުތުރު ދާއިރާއަށެވެ. އުތުރު ދާއިރާގެ އާބާދީ އަށް 41 މީހަކު އިތުރުވެފައިވާ އިރު މެދު ދާއިރާގެ އާބާދީ އަށް އިތުރުވެފައިވަނީ އެންމެ މީހެކެވެ. އަދި ދެކުނު ދާއިރާގެ އާބާދީއަށް އިތުރުވެފައިވަނީ އެންމެ 3 މީހުންނެވެ.

2019 2018
ޖޫން ޑިސެމްބަރު
1782 1770 ދަޑިމަގު
1503 1488 ދިގުވާނޑު
1783 1769 ހޯދަޑު
1097 1089 މާދަޑު’
2017 2025 މިސްކިތްމަގު
1006 1005 މާލެގަމް
1742 1739 ފުނާޑު
2108 2108 ދޫޑިގަމް
13038 12993

 

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !