A wide advertisement which will be shown on all devices. (700 x 100)

ކާޑުން ސަބްސިޑީ ލިބޭނީ ފަގީރު ހާލުގައި އުޅޭ މީހުންނަށް އެކަނި ބާ؟

ޖަޕާނު ސަރުކާރުން ދިވެހި ރައްޔިތުންނަށް ދޭ ކާޑުގެ ބާވަތައް ރައްކާކޮށް ބަލަހައްޓަނީ އެސްޓީއޯ އިން

ކާޑުގެ ބާވަތްތަކުން ސަބްސިޑީޒް ލިބިގަތުމަށް އެދޭ ފަގީރުން، އެކަމަށް އެދި ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އަށް ހުށަހެޅުމަށް ކައުންސިލްތަކުން އާއްމުކޮށް އިއުލާން ކުރަން ފަށައިފިއެވެ. އެގޮތުން ފުވައްމުލަކު ހޯދަޑު ކައުންސިލުން ނެރެފައިވާ ސާކިއުލާއެއްގައި ވާގޮތުން އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަމްބަރު 2/2014) ގެ ދަށުން، ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދިނުމަށް ވަނީ ނިންމާފައެވެ. މިއެހީ ދިނުމަށް ހަމަޖެހިފައި ވަނީ ރައްޔިތުންގެ ތެރެއިން ފަގީރު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށެވެ. 

ކާޑުގެ ބާވަތްތަކުން ސަބްސިޑީއަށް އެދެން ބޭނުންވާ، ފަގީރު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުން، “ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ” އަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު އަންނަ އޭޕްރީލް މަހު 15 ގެ ފަހުން އެންސްޕާއަށް ހުށަހެލުމަށް އެދިފައި ވެއެވެ. ކާބޯތަކެތީގެ ސަބްސިޑީޒް އަށް އެދޭ މިފޯމު އެންސްޕާގެ ވެބްސައިޓްން ޑައުންލޯޑް ވެސް ކުރެވޭނެކަމަށް ވއެވެ.

ރައްޖޭގައި ފަގީރު ޙާލަތުގައި އުޅެނީ ކޮން ބައެއްތޯ ކަނޑައާޅނެ ވަކި މިންގަޑެއް ގާނޫނީ ގޮތުން އަދި ކަނޑަައަޅާފައެއް ނުވެއެވެ. އަދި މިކަމަށްނޚާއްސަ މިންގަޑުތަކެއް ހެދި އާއްމު ކުރެވިފައިވާ ކަން ވެސް އެނގޭކަށް ނެތެވެ. ކަން މިހެން އޮތް އިރު މިސަބްސިޑީޒް އަށް އެދެވޭނީ ކޮންބަޔަކަށްތޯ އެއީ އުފެދޭ ސުވާލެކެވެ. ކޮންމެ ރައްޔިތަކު ވެސް ތިމަންނަ ދިރިއުޅެނީ ފަގީރު ޙާލަތުގައި ކަމަށް އަމިއްލައަށް ކަނޑައަޅައި ފޯމު ހުށަހަޅާން ވެއްޖެނަމަ ކަރަންޓް ސަބްސިޑީޒް އަށް ފޯމު ފުރި ގޮތަށް ކަންތައް ވެ، އަސްލު މަގުސަދު ގެއްލި އެންމެންނަށް ހެން ކާޑުގެ ސަބުސިޑީޒްއަށް މާލީ އެހީ ދޭން ޖެހިދާނެއެވެ. 

ކަންތައް އެހެން ވެއްޖެ ނަމަ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ކާޑުގެ ސަބްސިޑީޒް އަށް ދައުލަތުން ކުރާ ހޭދަ އެކަށީގެންވާ މިންވަރަކަށް ކުޑަ ނުވެ އަސްލު މަގުސަދު ހާސިލުނުވުމުގެ ބިރު ވެސް އެބަ އޮތެވެ. މިފަދަ އެބައެއްގެ އިޖުތިމާއީ ކަންކަމާއި ގުޅިފައިވާ ކަންކަމުގައި ބައިނަލް އަގުވާމީ މިންގަނޑުން މިނުމަކީ އެހާ ފަސޭހަ އަދި އިންސާފުވެރި ކަމަކަށް ގިނަފަހަރު ނުވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !