20 އޯގަސްޓް 2019 ( އަންގާރަ )

ފުވައްމުލައް ހޮސްޕިޓަލގެ 46 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވާ ބައިސިކަލް ބުރު މާދަމާ ހަވީރު 4:30 ގައި ރަސްގެފަންނުން ފަށަނީ

ހޮސްޕިޓަލުގެ އަހަރީދުވަހުގެ ބައިސިކަލް ބުރު މާދަމާ ހަވީރު ރަސްގެފަންނުން

ފުވައްމުލައްް ހޮސްޕިޓަލުގެ 46 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވާ ބައިސިކަލް ބުރު މާދަމާ ހަވީރު ބާއްވާގޮތަ ވަނީ ހަމަޖެހިފައެވެ. މިއިވެންޓް އޮންނާނީ މާދަމާ (12 ޖުލައި 2019) ވާ ހުކުރު ދުވަހު ހަވީރު 4:30 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިއިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާއްމުންނަށް ހުޅުވާލާފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުނާއި އެމީހުންގެ އާއިލާތަކަށް ވެސް ވަނީ މި ބައިސިކަލް ބުރުގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައިވާ ދައުވަތެއް ދީފައެވެ.

މާދަމާގެ މި އިވެންޓް ފެށޭނީ ރަސްގެފަަނުން ހަވީރު 4:30ގައި އެވެ. އަދި ރަސްގެފަނުން ފަށައިގެން ޣާޒީމަގުން ދެކުނަށް ގޮސް ނާއިބުތައްތު މަގުން (ތާރު މަގު) ގޮސް ބުރު ނިންމާލަން ހަމަޖެހިފައި ވަނީ ބަނދަރު ސަރަހައްދަށެވެ.




  1. އަބދުﷲރަޝީދު 14 ޖުލައި 2019 19:07

    އަރަރެމެނައް ހައްގު މިންަރަކީ ބައިސްކަލްބު މިފުވައް މުލަކުގެ ރައްޔިތުން މިތިބީ ވަރައް ކަންބޮނބޮޑުވެ ބަސްހުއްޓިފައި އެއްބަ
    ޔަކުހަދަން ފެއްޓި މަގު އަނެއް ބަޔަކު އައިސް ހަނިކުރުން
    އެއީކަން ބޮނޑުވުން އެއީގޯސް ވީމާ މިރައްއޮތްގޮތަށް ނުކެއްޏާ
    ބާއްވާ ބައްލަވާ މިވެސް މުސްތަޤުބަލެއް އޮއްނާ ރަށެއް އެގޮތައް އެމަސައްކަތް ކުރަން ހުއްދަ ދިނީ މިރަށު ބަޔަޔަކު ކަމަށްވައްޏާ ވަގުންއިސތިފާ ދެއްވާފައި ދުރައްޖެހި ލުންއެދެން