A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި އާ އިންޖީނުގެއެއް އަޅަނީ

ފެނަކަ ކޯޕަރޭޝަން އިން ފުވައްމުލަކުގައި އާއިންޖީނުގެއް އެޅުމަށް ބިމެއް ހަމަޖައްސައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގެއެއް އެޅުމަށް ދީފައިވަނީ 80ހާސް އަކަ ފޫޓްގެ ބިމެކެވެ. އާއިންޖީނުގެއެއް އެޅުމަށް ބިން ދީފައިވަނީ ފުވައްމުލަކު ދޫނޑިގަން އަވަށުގެ ދިރާގް އެންޓަނާ އާއި ބޯޓްޔާޑާއި ދެމެދު އޮތް ހުސްބިމެވެ.

ފެނަކަ ކޯޕަރޭޝަނުން މިހާރު އަންނަނީ އާއިންޖީނުގެ ހެދުމަށް ހަމަޖެހިފައިވާ ބިމުގައި އިމާރާތްކުރުމަށް ތައްޔާރުވަމުންނެވެ. އަދި ސިޓީކައުންސިން އެސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް އިއުލާންކޮށްފައިވެއެވެ. ފުވައްމުލަކުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށް އަދި މީޑިއަމް ވޮލްޓޭޖް (11ކޭވީ) ވިއުގަ ހަރުދަނާ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް ފެނަކަ އިން އިއުލާންކޮށްފައިވެއެވެ.

ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ ބިން ހަމަޖެހިފައިވާ ކަމަށާއި އިމާރާތުގެ މަސައްކަތް އަދި އިންޖީނުގެ ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެއްޓޭނެކަމަށެވެ. އަދި އާއިންޖީނުގޭގެ ހިދުމަތާއި އެކު މުޅިރަށަށް ދިމާވެފައިވާ ކަރަންޓްގެ މަސައްލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ދީދީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ފެނަކައިގެ އެމްޑީ އާއި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފެނަކައިގެ އެމްޑީ ވިދާޅުވެފައިވަނީ ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އާ ކޭބަލް ތަކާއި ޓްރާންސްފޯމަރތައް ބެހެއްޓުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި ލަސްތަކެއް ނުވެ ޕްރޮޖެކްޓް ނިންމާލެވޭނެކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ފުވައްމުލަކުން

    އަދިބިމުގައިހުރި ރުއްގަހަށްބަދަލުނުދޭ ވަޅުލަންޖެހޭކޭބަލް ވަޅުލުމުގެމަސައް ކަތެއްނުކުރޭ ދެންކިހިނެއްނިމެނީ