6 އޭޕްރީލް 2020 ( ހޯމަ )

banner

ހަނދުކޭތަ ހިފާ ގޮތް

ފުވައްމުލައް ސިޓީގައި މިރޭ ކޭތަނަމާދު ކުރުން ބޯޅަ މިސްކިތުގައި

މިރޭ ރާއްޖެއަށް ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. ކޭތަ ހިފުމާއި ގުޅިގެން ޒަމާނުއްސުރެ ރާއްޖެގައި ކޭތަ ނަމަދު ކުރުން އޮވެއެވެ. އެގޮތުން ކޭތަ ނަމާދު ކުރާ ގަޑި ކަނޑައަޅަނީ އެންމެ ބޮޑަށް ކޭތަ ހިފާނެ ވަގުތަކަށް ބަލައިގެންނެވެ.

މިރޭ ހަނދުކޭތަ ހިފާނެކަމަށް ވަނީ ރާއްޖޭގަޑިން ރޭގަނޑު 11:43 ން ފެށިގެން ފަތިހު 5:17 އަށް ކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާއިން ހާމަކުރައްވައެވެ.

ރާއްޖެގައި މިފަހަރު ކޭތަ ނަމާދު ކުރަން ހަމަޖެހިފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައެއެވެ.

އެގޮތުން ފުވައްމުލައް ސިޓީގައި މިފަހަރު ކޭތަ ނަމާދު ކުރަން ހަމަޖެހިފައި ވަނީ ރަށުގެ މެދު ހިސާބުގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖިދުލް އިނާރާ، ނުވަތަ ބޯޅަ މިސްކިތުގައެވެ. ކޭތަނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ފަތިހު 3:30 ގައި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ހަނދުކޭތަ ހިފަނީ އިރާއި ދުނިޔެއާއި ހަނދު އެއް މީޒާނެއްގައި ސީދާވެ ދުނިޔޭގެ ހިޔަނި ހަނދަށް އެޅި އިރުގެ އަލިކަން ހަނދުން ނުވަތަ ހަނދުގެ ބަޔަކުން ފާޅުނުވުމުންނެވެ.

ކުރީ ޒަމާނުގައި ފުވައްމުލަކުގައި ހަނދުކޭތަ ހިފުމުން ވިސްނުން ކޮށި ކުދިންގައިގައި އަނހިފަތުން ތަޅައި ހެދިކަމަށް ވެއެވެ. އޭރު ބައެއް މީހުން ގަބޫލުކުރި ގޮތުގައި ހަނދުކޭތަ ހިފާފައި ހުންނަ ވަގުތު އަނހިފަތުން ތެޅުމުން ކުއްޖާއަށް ތޫނިފިލިކަން ލިބޭކަމަށެވެ. އަދި މިނޫން ވެސް މިފަދަ ތަފާތު ކަންތައްތައް ކޮށް އުޅުނު ކަމަށް ވެއެވެ.

ހަނދުކޭތަ ހިފުމަކީ ބައެއް މިހުންނަށް ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ވެސް ސިފަ ކުރެއެވެ.

ހަނދުކޭތަ ހިފާހައިވާ މިންވަރު ދައްކުވައިދޭ ފޮޓޯ – ޓައިމް މެގަޒިން



ކިޔުންތެރިންގެ ޚިޔާލު