A wide advertisement which will be shown on all devices. (700 x 100)

ބޮޓްސްވާނާގައި ތަމްރީނު ހަދަމުންދާ ޒުވާން ޓީމުން ރިލޭގެ ރެކޯޑް މުގުރާލައިފި

ބޮޓްސްވާނާގައި ތަމްރީނު ހަދަމުންދާ އެތުލެޓިކްސް ޓީމް. ފޮޓޯ: އެމްއޯސީ

ބޮޓްސްވާނާގައި ތަމްރީނު ހަދަމުންދާ ފުވައްމުލަކަށް ނިސްބަތްވާ އިބްރާހިމް އަޝްފާނު އަލީ (އައްޕި) އާއި އަލީ ޝާމް ހިމެނޭ ޒުވާން ރިލޭ ޓީމުން ރާއްޖޭގެ ގައުމީ ރިލޭގެ ރެކޯޑް އާކޮށްފިއެވެ. މި އެތުލީޓުން ގައުމީ ރެކޯޑް އާ ކުރީ 1:31.70 މިނެޓުން ރޭސް ނިންމާލައިގެންނެވެ. އޭގެ ކުރިން މި އިވެންޓުގެ ގައުމީ ރެކޯޑް ހަދާފައިވަނީ 2010 ވަނަ އަހަރު 1:45.36 މިނެޓުން ރޭސް ނިންމި މަޖީދިއްޔާ ސްކޫލް އެވެ.

އަޝްފާނާއި ޝާމްގެ އިތުރުން މިރިލޭ ޓީމުގައި ހިމެނުނީ އެދެމީހުންނާއި އެކު ބޮޓްސްވާނާގައި ތަމްރީނުތައް ހަދަމުންދާ އަހުމަދު އަނޫފާއި މުހައްމަދު ނާއިލް އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހޯދައިދިން ޓްރެއިނިން ސްކޮލަޝިޕެއްގެ ދަށުން ތަމްރީން ހަދަމުންދާ މި ހަތަރު އެތުލީޓުން ބޮޓްސްވާނާ އަށް ގޮސްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. 

މީގެ ތެރެއިން ނާއިލް އަކީ ނިމިގެން ދިޔަ ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރު ދުވުމުން ފައިނަލަށް ދަތުރުކުރި ދުވުންތެރިއެކެވެ. އެ އިވެންޓުގައި ހީޓުގައި ޝާމް ދުވިއިރު އައްޕި އަކީ ޖޫނިއާ ލެވެލްގައި ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބާރު ދުވުންތެރިޔާ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !