A wide advertisement which will be shown on all devices. (700 x 100)

ހޭޒްގެ ދަރިވަރުންނާއި މުދައްރިސުން އޯޓިޒަމްއަށް ހޭލުންތެރި ކުރުމުގެ ހަރަކާތެއް އެސުކޫލުގައި ބާއްވައފި

ޢޯޓިޒަމް ދުވަސް ފާހަނގަކުރުމުގެ ގޮތުން ހޭޒްގައި ބޭއްވުނުން މައުލޫމާތު ދިނުމުގެ ހެރަކާތުގެ ތެރެއިން. ފޮޓޯ: ނިޒުނާ

ހާފިޒް އަހުމަދު ސްކޫލް (ހޭޒް) ގެ ދަރިވަރުންނާއި މުދައްރިސުން އޯޓިޒަމް އަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އެސުކޫލުގައި ބާއްވައިފިއެވެ. މިއަހަރުގެ ބައިނަލް އަގުވާމީ އޯޓިޒަމް ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ހޭޒުން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމުގައި މައުލޫމާތު ދެއްވީ ހޭޒްގެ ރެއިންބޯ ޔުނިޓުގެ ޓީޗަރުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ހޭޒްގެ ހޯލުގައި ބޭއްވުނު ބައްދަލުވުމުގައި އެސްކޫލުގެ ގިނަ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވިއެވެ.

ހޭޒްގެ ރެއިންބޯ ޔުނިޓަކީ އެސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައި ދިނުމުގެ މަަސައްކަތްތައް ކުރަމުން އަންނަ ކްލާހެވެ.

މީގެ އިތުރުން ވެސް މިއަހަރުގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން ހޭޒުން ވަނީ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައެވެ. އޭގެ ތެޜޭގައި އެސްކުލުގެ ބެލެނި ވެރިންނަށް މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމަކާއި ރަށުގެ އާއްމުނަނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ހޭޒްގެ ސެން ޔުނިޓްގެ ޓީޗަރު ނިޒުނާ އާދަމް ވިދާޅުވިއެވެ.

ހޭޒްއިން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންދާކަން ފާހަނގަކުރެވެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !