A wide advertisement which will be shown on all devices. (700 x 100)

ނަޝީދުގެ ރައްޔިތުކަން ނިގުޅައިގަންނާނެކަމުގެ އިޝާރާތެއް ދީފި

ރައީސް ނަޝީދުގެ ކިބައިން ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތު ނިގުޅައިގަންނާނެ ކަމުގެ އިޝާރާތެއް ސަރުކާރުގެ އިސް އޮފިޝަލަކު ދެއްވައިފިއެވެ.
ޑެޕިޔުޓީ ހޯމް މިނިސްޓަރު އަޙްމަދު ޞިއްދީޤު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެން އޮތީ ޝަރުޢީ ގޮތުން ނަޝީދުގެ އިސްލާމްކަން ކަށަވަރުކޮށް، އޮޓަމެޓިކުން ޤާނޫނު އަސާސީގައިވާ ގޮތުން މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ.
ރައީސް ނަޝީދުގެ ރައްޔިތުކަން ނިގުޅައިގަންނާނެކަމުގެ އިޝާރާތް ސަރުކާރުގެ އިސް އޮފިޝަލަކު ދީފައިވާއިރު، ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ އޮންނަ މަޖިލީހުން ދާދިފަހުން ވަނީ ރައީސް ނަޝީދަށް ދޭ ޢިނާޔަތާ ރައްކާތެރިކަންވެސް ކެނޑޭ އިޞްލާޙު ފާސްކޮށްފައެވެ. މީގެ އިތުރުން ސަރުކާރު ފަރާތުން ވަނީ ދިވެހި ރައްޔިތެއްކަން ދޫކޮށްލެވޭ ގޮތަށް ސިޓިޒަންޝިޕް ޤާނޫނަށް އިޞްލާޙު ހުށަހަޅާފައެވެ.
ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިވަގުތު ހުންނެވީ ބޭސް ފަރުވާއަށް އިނގިރޭސިވިލާތުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !