ފުވައްމުލަކު ދޫޑިގަން ކައުންސިލްގެ މެމްބަރު އަލީ ޝަޒީމް (ޝައްޓު) ތިން މަސްދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވީ ޝަޒީމް ސަސްޕެންޑް ކުރުމަށް ނިންމީ މިދިޔަ އަހަރު ކުޑައަންހެން ކުއްޖަކާއެކު ފަޅު ގެއެއްގެ ތެރޭގައި ޝަޒީމް ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަހުގީގަށް އެނގި އެކަން މިއޮތޯރިޓީ އަށް އެންގުމުން ކަމަށެވެ. އަދި އެލްޖީއޭގެ ބޯޑުން ޝަޒީމް ސަސްޕެންޑްކުރީ ތިން މަސްވަންދެން މުސާރަ އާއި އިނާޔްތައް ނުލިބޭގޮތަށެވެ.
އެލްޖީއޭއިން ކުރިންވެސް ބައެއް ކައުންސިލަރުން ސަސްޕެންޑްކޮށްފައިވެއެވެ.
ޝަޒީމް އަކީ ދޫނޑިގަން ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބްވެފައިވާ ކައުންސިލަރެކެވެ.
ލިޔުމާއި ގުޅޭ: ޝަޒީމްގެ ބަންދަށް 15 ދުވަސް
+1
+1
ޚިޔާލުތައް