A wide advertisement which will be shown on all devices. (700 x 100)

އޯޓިޒަމް އަށް ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ސިލްސިލާ ޕްރޮގްރާމެއް ހޭޒުން ފަށައިފި

މިއަހަރުގެ އޯޓިޒަމް ދުވަސް ފާހަނގަކުރުމުގެ ގޮތުްނ ހޭޒްއިން ބޭއްވި އޯޓިޒަމް އަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ނިޒުނާ

ހާފިޒް އަހުމަދު ސްކޫލް (ހޭޒް) ގެ ބެލެނިވެރިން އޯޓިޒަމް އަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އެސުކޫލުގައި ބާއްވައިފިއެވެ. ބައިނަލް އަގުވާމީ އޯޓިޒަމް ދުވަސް ފާހަގަ ކުރުމަށް ހިންގި ހަރަކާތްތުގެ ތެރެއިން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމުގައި ކޮންމ ކްލާހަކުން 5 ބެލެނިވެރިއަކަށް ފުރުސަތު ދީފައި ވާކަމަށް ހޭޒުގެ ރެއިންބޯ ޔުނިޓުން މައުލޫމާތު ދެއްވިއެވެ. ސިލްސިޅާ ހަރަކާތެއްގެ ގޮތުގައި މުޅި ސްކޫލުގެ ހުރިހާ ބެލެނިވެރިންނަށް އެކި ފަހަރު މަތިން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބުނެވެ.

ހޭޒްގެ ހޯލުގައި ކުރިޔަށް ގެންދިޔަ މިބައްދަލުވުމުގައި މައުލޫމާތު ދެއްވީ އެސްކުލުގެ ސެން ޔުނޓް- ރެއިންބޯ ޔނުިޓްގެ މުދައްރިސުންނެވެ. 

މީގެ އިތުރުން ވެސް މިއަހަރުގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ތަފާތު ހަރަކާތްތަކެއް ހޭޒުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އެސްކޫލުގެ ނުދައްރިސުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގެ އިތުރުން ރަށުގެ އާއްމުނަށާއި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުްނނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް  ވެސް ކުރިޔަށް ރޭވިފައިވާ ކަމަށް ހޭޒްގެ ސެން ޔުނިޓްގެ ޓީޗަރު ނިޒުނާ އާދަމް ވިދާޅުވިއެވެ.

ހޭޒްއިން ޚާއްސަ އެހީއަށް ބޭނުންވާ ތަފާތު ދަރިވަރުންގެ ކަންކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގިނަގުނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ޑައުްނސިންޑްރޯމް ކުދިންގެ ދުވސް ފާހަނގަކުރުމަށް ހިންގި ހަރަކާތްތަކުގެ އިތުރުން  ކޮން މއަހަރަކުވެސް ކުރިޔަށް ގެންދާ “އާރލީ އިންޓަވެންޝަން ޕްރޮގްރާމް” ފާހަނގަކޮށް ލެވެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !