A wide advertisement which will be shown on all devices. (700 x 100)

ކަނޑުމަތީގެ ސަލާމަތީ ކަންކަމަށް ޏ.އޭއީސީގެ ގްރޭޑް 10 ގެ ދަރިވަރުން ހޭލުންތެރި ކުރުވަނީ

ކޯސްޓްގާޑް. ފޮޓޯ: އެމްއެންޑީއެފް

ޏ.އޭއީސީގެ ގްރޭޑް 10 ގެ ދަރިވަރުން ކަނޑުމަތީގެ ސަލާމަތީ ކަންކަމަށް ހޭލުންތެރި ކުރުވުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް ތައްޔާރު ވަމުންދާކަން އެބަދެއެވެ. މާދަމާ، ހޮނިހިރު ދުވަހު ހެނދުނު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތަކީ ކަނޑުމަތީގެ ސަލާމަތާއި ގުޅޭ ކަންކަމުގެ މައުލޫމާތު ދަރިވަރުންނަށް ދިނުމުގެ ކްލާސްތަކެކެވެ. މިކްލާސްތައް ބާއްވަނީ އޭއީސީގައެވެ. 

ޏ.އޭއީސި އާއި ގުޅިގެން ކޯސްޓްގާޑުން ކުރިޔަށް ގެންދާ، އިޖުތިމާއީ މިހަރަކާތުގެ އަމަލީ ތަޖުރިބާ ދަރިވަރުންނަށް ހާސިލުކޮށް ދިނުމުގެ ގޮތުން މާދަމާ ހަވީރު ފުވައްމުލަކު ތުނީޑގައި ވެސް މިހަރަކާތުގެ ބައެއް ކުރިޔަށް ގެންދެވޭނެއެވެ. އެގޮތުން ކަނޑުމަތީގައި ހާލުގައި ޖެހޭ ހިނދު ސަލާމަތްވުމުގެ ގޮތުން އަމަލު ކުރާނެ ގޮތުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ބައިވެރިން ތަޖުރިބާ ކުރުމަށް ހަމަޖެހިފައިވާ ކަަމަށް މިކަލް ނޫހަށް އެނގިފައި ވެއެވެ.

ކޯސްޓްގާޑުން މިފަހަރު ފުވައްމުލަކަށް ކުރާ މިދަތުރުގައި ތަފާތު އިޖުތިމާއީ ހަރަކާތްތަކެއް ހިންގަމުންދާކަން ފާހަނގަ ވެއެވެ.

ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުގައި ދިވެހި ސިފައިންނަކީ މާބޮޑު ދުވަހީ މަސައްކަތެއް ކުރަން ޖެހޭ ބައެއް ނޫނެވެ. އެހެނީ ރާއްޖޭގައި ސިފައިން ބައިވެރިވެ ކުރަންޖެހޭ ހަނަގުރާމަތަކެއް ނެތުމެވެ. އޮތްހާ ވެސް ކަމަކީ ސިފައިންގެ ކޯސްޓްގާޑަށް އޮތް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތެވެ. އެކަންވެސް އެންމެ ރަނގަޅު ގޮތުގައި ކުރެވޭތޯ ބައެއް މަސްވެރިންނާއި ދަތުރުވެރިން އަންނަނީ ސުވާލު އުފައްދަމުންނެވެ. 

އެކަމަކުވެސް ފާނހަގަ ކޮށްލަން ޖެހޭ ކަމަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ބޮޑެތި ކޮންމެ ކަމެއްގައި އެމްއެންޑީއެފުގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެމުންދާ ކަމެވެ. އިޖުތިމާއީ މުހިންމު ބޮޑެތި މަސައްކަތްތަގައެވެ. ބޮޑެތި ކާރިސާތަކުގައެވެ. ފެންބޮޑުވުމާއި އަލިފާން ނިއްވުމުގެ ހާދިސާތަކުގައި އާއި ބޯފެން ހުސްވުމުން ފެން ފޯރުކޮށް ދިނުން ފަދަ މުހިންމު ހާލަތްތަކުގައި މުހިންމު ކަންކަމުގައެވެ.

ކޯސްޓްގާޑުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރިކަމުގައި ވިޔަސް އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ތަން ކުރިން ފެނިފައި ވަނީ ވަރަށް މަދުންނެވެ. ނުވަތަ އެބޭފުޅުން ހިންގާ ހަރަކާތުގެ މައުލޫމާތު އާއްމުންނާއި ހަމަޔަށް ފޯރުކޮށް ދެވޭ މިންވަރު ކުޑައީކަމަށް ވެސް ވެދާނެއެވެ. 

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !