A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ޑައިވް ސްކޫލުން އިމަޖެންސީ ރެސްޕޮންސް ތަމްރީނެއް ކުރިޔަށް ގެންގޮސްފި

ފުވައްމުލަކު ޑައިވް ސްކޫލުން ހިންގި އީއާރުއެފް ކޯހުގެ ޕްރެކްޓިކަލް ސެޝަނެއް

ކުއްލި ހާލަތުގައި އަމަލުކުރާނޭ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ފުވައްމުލަކު ޑައިވް ސްކޫލުން ކުރިޔަށް ގެންގޮސްފިއެވެ. “އިމަރޖެންސީ ފަސްޓް ރެސްޕޮންސް، އީ އެފް އާރު އެންޑް އޭއީޑީ” ނަމުގައި ކުރިޔަށް ގެންދިޔަ މި ކޯހަކީ ބަައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ ފެންވަރުގެ ކޯހެއް ކަމަށް ފުވައްމުލަކު ޑައިވް ސްކޫލުން މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ. އެގޮތުްނ ޔޫރަޕުގެ ގައުމުތަކާއި އެމެރިކާ ކެނެޑާ އަދި އޮސްޓްރޭލިއާއިން ގަބޫލުކުރާ މިންގަނޑުތަކެއް ކަމަށް ކަމާއި ގުޅޭ ލިޔެކިޔުންތަކުން އެނގެއެވެ.

މުޅިން ހިލޭ ކުރިޔަށް ގެންދިޔަ 3 ދުވަހުގެ މިކޯހުގައި އެޑައިވް ސްކޫލުގެ މުވައްޒަފުންގެ އިތުރުން އާއްމުންގެ ތެރެއިން ވެސް ބައެއް ފަރާތްތަކުން ބައިވެރިވެފައި އެވެ. މިކޯސް ކުރިޔަށް ގެންގޮސްފައި ވަނީ މި ޖުލައި މަހު 16 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ ކޯހުގައި އަންހެން ބައިވެރިޔަކު ވެސް ހިމެނެއެވެ.

އީއެފްއާރު ފުރިހަމކުރި އަންހެން ބައިވެރިޔާ

“މިއީ އިލްކޯގެ ސާރޓިފައިޑް ކޯހެއް. މިކޯހުގެ ވެލިޑިޓީ އަކީ 2 އަހަރު ދުވަސް” ކަމަށް ފުވައްމުލަކު ޑައިވް ސްކޫލުގެ ޖެނެރަލް މެނޭޖަރ އަދި މިކޯހުގެ އިންސްޓްރަކްޓަރ މުހައްމަދު ސައީދު މައުލޫމާތު ދެއްވިއެވެ.

މިކޯހުގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސީޕީއާރު ދޭނެ ގޮތާއި، މެޑިކަލް ފަސްޓް އެއިޑް ހިމެނެއެވެ. ޕްރެކްޓިކަލް ހަރަކާތްތަކާއެކު ކުރިޔަށް ގެންދިޔަ މިކޯހުގައި އެކިއެކި ޑަމީސްތައް އޮކްސިޖަން ފުޅިން ރެގިއުލޭޓުކޮށް ބޭނުން ކުރާނެ ގޮތައް ހިމެނެއެވެ.

މިކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރ މުހައްމަދު ސައީދުއަކީ އިންޓަރނޭޝަނަލް ޕަޑީގެ ޑައިވް އިންސްޓްރަކްޓަރެއްގެ އިތުރުން އީއެފްއާރު ޓްރެއިނަރެކެވެ. އަދި އޭނާ އަކީ ރާއްޖޭގެ ބޮޑެތި ރިޒޯޓްތަކުގައި ޑައިވިން ޓްރެއިނިން އާއި އިމަޖެންސީ ފަސްޓް ރެސްޕޮންސް ތަމްރީނުތައް ގިނަ އަދަދެއްގެ ބަޔަކަށް ދީފައިވާ ތަޖުރިބާކާރު ޕަޑީގެ ޑައިވިން އިންސްޓްރަކްޓަރެކެވެ.

އެ ތަމްރީނު ތަކާއި މެދު ބައިވެރިންގެ އިތުރުން އާއްމުންގެ ފަރާތުން ވެސް ވަރަށް ރަނގަޅު ފީޑްބެކެއް ލިބިފައިވާ ކަމަށް ފުވައްމުލަކު ޑައިވް ސްކޫލުން ހާމަކުރިއެވެ. އެގޮތުން ފުވައްމުލަކުގެ ބައެއް ސްކޫލްތަކުން ވެސް އެޕްރޮގްރާމް އެ ސްކޫލްތަކުގައި ކުރިޔަށް ގެންގޮސް ދިނުމަށް އެދިފައިވާ ކަމަށް ވެއެވެ.

ފުވައްމުލަކު ޑައިވް ސްކޫލުން ހިންގި އީއާރުއެފް ކޯހުގެ އިންސްޓްރަކްޓަރ މުހައްމަދު ސައީދު ، މެދުގައި

އެއްވެސް އިތުރު އަގަކާއި ނުލައި އެޕްރޮގްރާމް އެދޭ ސްކޫލްތަކުގައި ކުރިޔަށް ގެންގޮސް ދިނުމަށް ރާވަމުން ދާކަމަށް ފުވައްމުލަކު ޑައިވް ސްކޫލުން ހާމަކުރެއެވެ. މިއި ހަމއެކަނި ޑައިވަރުންނަށް ޚާއްސަ ޕްރޮގްރާމެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް މިޕްރޮގްރާމުން ފައިދާ ކުރާނެ ކަމަށް ޑައިވް ސްކޫލުން ހާމަކުރެއެވެ.

ފުވައްމުލަކު ޑައިވް ސްކޫލުން އަންނަނީ ޑައިވަރުން ވެސް ތަމްރީނު ކުރަމުންނެވެ. އެގޮތުން މުޅިން އަލަށް ޑައިވީނަށް ޝައުގުވެރިވާ ފަރާތްތަކަށް ޓްރެއިނިން ދީ އެކި މަރުހަލާތައް ފުރިހަމަ ކުރަމުން، އަމަލީ ތަޖުލިބާ ހާސިލުކޮށް ދެމުން ގޮސް ޕަޑީގެ މާސްޓަރސް ސެޓްފިކެޓް ވެސް ހާސިލުކޮށްދޭ ކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ. އެގޮތުން ތަމްރީނުވެފައި ތިބި ބައެއް މީހުން މިހާރުވެސް އެސްކޫލުގެ މާސްޓަރ ޑައިވަރުންގެ ގޮތުގައި އެބަތިއްބެވެ.

ރަށުގެ ޒުވާން ކުދިންނަށް ޑައިވިން އަސާސްތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އެތަނުގައި ވަޒީފާގެ ފުރުސަތު ވެސް އެސްކޫލުން އަންނަނީ ދެމުންނެވެ.

ފުވައްމުލަކު ޑައިވް ސްކޫލުން ހިންގި އީއާރުއެފް ކޯހުގެ ޕްރެކްޓިކަލް ސެޝަނެއް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !