A wide advertisement which will be shown on all devices. (700 x 100)

ދެކުނު އަތޮޅުތަކުގެ ބަހުރުވައިގައި ހިމެނޭ “ނަވިޔަނި” (ނ ބަރުކޮށް ކިޔާގޮތަށް) ދިވެހި ބަހުގައި ހިމަނައި ދިނުމަށް ހިސްޓޯ އެދިއްޖެ

ދެކުނުގެ ހުރިހާ ރަށެއްގެ ބަހުރުވައިގައި ބޭނުންކުރާ "ނަވިޔަނި (ބަރު ނ)" އަކުރު. މިއަކުރަކީ ކުރިން ދިވެހި އަކުރުތަކުގެ ތެރޭގައި ހިމެނޭ އަކުރެއް.

ދެކުނު އަތޮޅުތަކުގެ ބަހުރުވައިގައި ހިމެނޭ “ނަވިޔަނި “ނަވިޔަނި (ބަރު ނ)”” ދިވެހި ބަހުގައި ހިމަނައި ދިނުމަށް ޝިފާގް މުފީދު (ހިސްޓޯ) އެދިއްޖެ އެވެ.

ހިއުމަން ރައިޓް ކޮމިޝަންގެ ނާއިބް ރައީސް އަދި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގް މުފީދު އަމިއްލަ ހައިސިއްޔަތުން މިއަދު ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއަށް އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ 11 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުރީގެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނާއި، ޤާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނުނޫނު)ގެ 7 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ދިވެހިބަހުގެ އެކެޑަމީން ނެރުއްވައި ޢާންމުކުރައްވާފައިވާ ދިވެހި ބަސްފޮތް ނުވަތަ ދިވެހި ބަހުގެ ރަދީފުންނާއި އަދި މިނޫންވެސް އެކި ދުވަސްވަރުގައި ނެރެ ޢާންމުކޮށްފައިވާ ބަސްފޮތްތަކުގައި “ދިވެހިބަސް” މި ލަފުޒު މާނަކޮށްފައިވަނީ ދިވެހިރާއްޖޭގެ މީހުންގެ އަމިއްލަބަސް ނުވަތަ ދިވެހީންގެ މާދަރީބަހުގެ ގޮތުގައެވެ. ދިވެހިބަހަކީ ރާއްޖޭގެ ވަކިސަރަޙައްދެއްގެ، ނުވަތަ ވަކިރަށެއްގެ ނުވަތަ ފުރަމާލޭގެ ނުވަތަ ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ބަސް ކަމަށް ނުވަތަ ބަހުރުވަކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އަދި މިޤާނޫނުއަސާސީގެ ދަށުން ހަދާފައިވާ އެއްވެސް ޤާނޫނަކުން ކަނޑައަޅާފައެއް ނުވެއެވެ.”

ރައީސް އޮފީހަށް ކޮޕީކޮށްފައިވާ ސިޓީގައި ޝިފާގް އިތުރަށް ވިދާޅުވެފައިވަނީ “އިސްވެ ބަޔާންކުރެވުނު ކަންތައް އެހެން ހުރުމާއެކު، ދިވެހިރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ދިވެހިރައްޔިތަކަށްމެ އެމީހެއްގެ މާދަރީބަހުންނާއި ބަހުރުވައިން ވަހަކަދައްކައި، ތަފާތު ލިޔުންތައް ލިޔެ، މުވާޞަލާތުކޮށް، ބަހުން މުޢާމަލާތު ކުރުމުގެ ޙައްޤު ފުރިހަމައަށް ދިބިދިނުމާއި ލިބިދެވޭނެ ގޮތް ހަދައިދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫތަކުން ދިވެހި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް މަތިކުރެވިފައިވާ ޤާނޫނީ ވާޖިބެއްކަމުގައި ދެކެމެވެ.”

ފުވައްމުލަކު ބަހުން ގިނަ ޅެންތަކެއް ހައްދަވާފައިވާ ޝިފާގު އިތުރަށް ވިދާޅުވެފައިވަނީ “ދިވެހި ބަހުން މުޢާމަލާތު ކުރުމަށް ބޭނުން ކުރާ ތާނަ އަކުރު ތަކުގެތެރެއިން ނަވިޔަނި (ބަރު ނ)” އަކީ ރާއްޖޭގެ ބޮޑު އާބާދީއެއްގެ ތެރޭގައި، ދިވެހިބަހުން ވާހަކަ ދެއްކުމުގައި ނެރޭ އަޑެއް ލިޔުމުން ރަމްޒުކޮށްދިމުނަށް، ދިވެސްއަކުރުގެ ޒަމާނުން ފެށިގެން ގަބުޅިތާނައިގެ ޒަމާނަށް ބަދަލުވިއިރުވެސް އޮތް އަކުރަކަށްވީނަމަވެސް، ދިވެހިބަހުން މުޢާމަލާތު ކުރުމުގައި ލިބެމުންއައި ފަސޭހަ، މީލާދީން 1950 ގައި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ރައީސްކަމުގެ އިދާރީ ހިންގެވުމުގައި ރަސްމީ ސިފައެއްގައި މި އަކުރު އުވާލެއްވުމާގުޅިގެން، ދިވެހިބަހުން ބައެއް ބަސްތައް ލިޔާއިރު އެބަހުން ދޭހަކޮށްދޭ މާނާ ނޫން އެހެން މާނައެއް ދޭހަވާގޮތް މެދުވެރިވެ، އަދި ބައެއް ޙާލަތްތަކުގައި މައިންބަފައިންނާއި ދަރީންނަށް އެއްހާޒިރެއްގައި ފެނުން ލަދުވެތި “ބެރެކި” މާނަ ދޭހަވާގޮތްވެސް ދަނީ މެދުވެރިވަމުންނެވެ. އަދި ހަމައެހެންމެ، ރާއްޖޭގެ ބައެއް ރަށްރަށުގެ މީހުން އެމީހުން ވާހަކަދައްކައި އުޅޭ، ދިވެހިބަހުން ލިޔާއިރު އެމީހުން ވާހަކަ ދެއްކުމުގައި ނެރޭ އަޑު ރަމްޒު ކޮށްދޭ ، ޏޏަވިޔަނި (“ނަވިޔަނި (ބަރު ނ)”ގެ ބަދަލުގައި ތާނައަކުރުގެ “ނ” ބޭނުން ކޮށްގެން ލިޔާ ލިޔުންތަކުން، އެ ލަފުޒަކުން ދޭހަ ކޮށްދޭން ބޭނުންވާ މާނަ ދޭހަ ނުވުމުގެ ސަބަބުން، ރާއްޖޭގެ އެހެން ހިސާބުތަކުގެމީހުން އެފަދަ ލިޔުންތަކަށް ހަޖޫކިޔައި މަލާމާތްކުރުމާއި ހަނގާކުރުން ފަދަ ކަންތައްތައް ދިމާވެ، އިޖުތިމާޢީ ގުޅުމަށް ބުރޫއަރައި ދިވެހީންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ނެތެމުންދާކަން ފާހަގަ ކުރެވެއެވެ.”

ސުކޫލް ދައުރުއްސުރެ ދިވެހި އަދަބީ ކަންކަމުގައި އިސްކޮށް ހަރަކާތެރިވާ ހިސްޓޯ ދިވެހި ބަހުގެ އެކަޑަމީއަށް އެދިފައިވަނީ “އިސްވެ ބަޔާންކުރެވުނު ސަބަބުތަކާހެދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ޢާއިލީ، ޒާތީ ދިރިއުޅުމާއި ޒާތީ މުއާޞަލާތުތަކުގެ ޙުރުމަތް ގެއްލި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަމާއްދާގައި، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތުން ފާޅުކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ޙައްޤެއްކަމަށާއި، 28 ވަނަ މާއްދާގައި ނޫސްވެރިކަންކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ލިބިގެންވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ޏޏަވިޔަނީގެ އަޑު ނެރެވޭނެ އަކުރެއް ނެތުމުގެސަބަބުން، މިމާއްދާތަކުގައި ބަޔާންކޮށްފައިމިވާ ޙައްޤުތައް ކަށަވަރުކޮށް ނުދެވޭކަމަށް ފާހަގަކުރެވޭހިނދު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާގައި، އުނގެނުމާއި، އުނގަންނައި ދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަން ލިބިދީފައިވީނަމަވެސް “ނަވިޔަނި “ނަވިޔަނި (ބަރު ނ)” އަޑު ނެރެވޭނެ އަކުރެއް ނެތުމުގެސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އެމީހުން ވާހަކަދައްކާ ދިވެހިބަހާއި ބަހުރުވަ މީހުނަށް އުނގަންނައިދިނުމުގެ ޙައްޤަށް އުނިކަންލިބޭކަމަށް ފާހަގަކުރެވޭހިނދު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި، އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ލިބިދޭ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، “ނަވިޔަނި “ނަވިޔަނި (ބަރު ނ)”ގެ އަޑު ނެރެވޭނެ އަކުރެއް ނެތި އެ އަޑު ނެރުމުގެ ނިޔަތުގައި އެހެން އަކުރެއް ބޭނުން ކުރުމުގެ ސަބަބުން، ލިޔާލިޔުމަކުން ދޭހަކޮށްދޭން ބޭނުންވާ މާނަ ނޫން އެހެން މާނައެއް ދޭހަވާގޮތްވެ، މީގެ ނަތީޖާއެއްގެ ގޮތުން އެފަދަ ލިޔުމެއް ލިޔާ މީހަކާމެދު މުޖުތަމަޢު ދެކޭގެގޮތް ބަދަލުވެ، އެމީހެއްގެ ނަމާއި އަބުރަށް އުނިކަން ލިބޭކަމަށް ފާހަގަކުރެވޭހިނދު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައި، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއްނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ޏޏަވިޔަނީގެ އަޑު ނެރެވޭނެ އަކުރެއް ނެތުމުގެ ސަބަބުން ރާއްޖޭގެ އެކިހިސާބުތަކުގައި ބޭނުންކުރާ ދިވެހިބަސް އުނގެނި އަދި އުނގަންނައި ދިނުމުގެ ޙައްޤަށް އުނިކަން ލިބޭކަމަށް ފާހަގަ ކުރެވޭހިނދު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 39 ވަނަ މާއްދާގައި، ޤައުމުގެ ޘަޤާފީ ޙަރަކާތްތަކުގައި ބައިވެރިވުމާއި، ފަންނީ އަދި އަދަބީ ކަންކަމުން މަންފާ ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، “ނަވިޔަނި “ނަވިޔަނި (ބަރު ނ)”ގެ އަޑު ނެރެވޭނެ އަކުރެއް ނެތުމުގެ ސަބަބުން، ލިޔުންތެރިކަމުގެ އިތުރުން ދިވެހިބަހުގެ އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ ވަޒަންބަހުރުވައިން ލިޔެ، އެއިން މަންފާ ލިބިގަތުމުގެ ޙައްޤަށް އުނިކަން ލިބޭކަމަށް ފާހަގަކުރެވޭހިނދު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 62ވަނަ މާއްދާގައި، މިބާބުގައި ވަކިވަކީން ޙައްޤުތަކާއި މިނިވަންކަން ކަނޑައެޅި، ބަޔާންކުރެވިފައިވުމަކީ މިބާބުގައި ނުހިމެނޭ އެހެނިހެން ޙައްޤުތަކާއި މިނިވަންކަން ހޯދުމަށް ހުރަސްއަޅާ ކަމެއްނޫން ކަމަށް ބަޔާންކޮށްފައިވާތީއާއި، 39ވަނަ މާއްދާގެ (ށ) ގައި، ދައުލަތުގެ ތަނަވަސްކަމާއި ފޯރުންތެރިކަން ހުރި މިންވަރަކުން، ތަޢުލީމާއި، ޘަޤާފަތާއި، އަދަބިއްޔާތާއި، ފަންނުތައް ކުރިއެރުވުމަށް ދައުލަތުން މަސައްކަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާހިނދު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި، ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެމީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމާއި އަދި ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެމީހެއްގެވެސް ޙައްޤެއް ކަމަށް ބަޔާންކޮށްފައިވާހިނދު،

ޤާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނުނޫނު)ގެ މަންފާ ދިވެހި އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިބިދެވޭނީ، މިޤާނޫނުގެ 1 ވަނަ މާއްދާއިން ފެށިގެން 6 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން އޭގެ ފުރިހަމަ މާނާގައި ތަންފީޒުކުރެވި، އެމަސައްކަތުގެތެރެއިން ޏޏަވިޔަނީގެ އަޑު ރަމްޒުކުރުމަށް ކުރިން ބޭނުންކުމުން އައި އަކުރު “ނަވިޔަނި (ބަރު ނ)” ނުވަތަ މި އަޑު ރަމްޒުކުރާނެ އަކުރެއް އުފައްދައި، ގަބުޅިތާނައިގެތެރެއަށް ލައިގެން ކަމަށް ދެކޭހިނދު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަމުގެތެތެރެއިން، އުނިކަން ލިބޭކަމަށް އިސްވެ ބަޔާކުރެވުނު އެންމެހާ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމުގެ ޤާނޫނީ ޒިއްމާ މަތިކުރެވިފައިވާ ފަރާތަކީ، ޤާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނުނޫނު)ގެ 7 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ދިވެހިބަހުގެ އެކެޑަމީކަން، މިޤާނޫގު 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ (15 ނުކުތާގެ މައްޗަށް އެކުލެވޭ) އެކެޑަމީގެ މަސްއޫލިޔަތުތަކުންނާއި، އަދި ހަމަ މިޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެކެޑަމީގެ ބާރުތަކުގެތެރޭގައި، ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާ ބެހޭގޮތުން އެންމެ ފަހުބަސް ބުނާ ފަރާތަކީ ދިވެހިބަހުގެ އެކެޑަމީކަން ސަރީޙަ ޢިބާރާތުން އެނގެން އޮތްހިނދު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 11ވަނަ މާއްދާ އާއި، 20ވަނަ މާއްދާ އާއި، 24ވަނަ މާއްދާ އާއި، 27ވަނަ މާއްދާ އާއި، 28ވަނަ މާއްދާ އާއި، 29ވަނަ މާއްދާ އާއި، 33ވަނަ މާއްދާ އާއި، 36ވަނަ މާއްދާ އާއި، 39ވަނަ މާއްދާ އަދި 62 ވަނަމާއްދާގެ ދަށުން ލިބިދޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރަންޖެހޭ ޤާނޫނީ އެއް ބެލެނިވެރި ފަރާތަކީ ދިވެހިބަހުގެ އެކެޑަމީކަމަށް ފެންނާތީ މި ޙައްޤުތައް ކަށަވަރުކޮށްދެއްވުން އެދި އިޙުތިރާމާއެކު ދަންނަވަމެވެ. “

ސިޓީ ނިންމަވާލައްވަމުން ޝިފާގް ވިދާޅުވެފައިވަނީ “މި ސިޓީގައި، އުވާލާފައި ވާ އަކުރެއް ކަމަށްވާ “ނަވިޔަނި “ނަވިޔަނި (ބަރު ނ)” ބޭނުންކޮށްފައި އެވަނީ މި އަކުރު ރަމްޒުކުރާއަޑު ނެރޭނެ އަކުރެއް ތާނައަކުރުތަކުގައި ނެތުމުގެ ސަބަބުން މި އަކުރާ ނުލައި މިސީޓީން މިހުށަހަޅާ މައްސަލަ ބަޔާން ކުރެވޭނެ އެހެން ގޮތެއް ނެތިގެންނެވެ. އަދި ތާނަ އަކުރުގައި ނުހިމެނޭ (އުވާލާފައިވާ) އަކުރެއް ބޭނުން ކޮށްގެން މިސިޓީ ލިޔަންޖެހުނީތީ ނިހާޔަތަށް މަޢާފަށް އެދެމެވެ.”

ހިސްޓޯ އަކީ ފުވައްމުލަކު ބަސް ކުރިއަރުވައި އާލާކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަނގަކުރެވެއެވެ. އެގޮތުން ފުވައްމުލަކު ބަހުން ގިނަ އަދަދެއްގެ ޅެންތައް ޝިފާގް ހައްދަވަމުން ގެންދެއެވެ. 

“ނަވިޔަނި (ބަރު ނ)” އަކީ ކުރިން ދިވެހި އަކުރުގައި ހިމެނޭ އަކުރެކެވެ. ނަމަވެސް މުހައްމަދު އަމީންގެ ދުވަސްވަރުގައި އެއަކުރު ދިވެހި ބަހުގެ އަކުރުން ބޭރުކޮށްލައިފައި ވެއެވެ.

އެޑިޓަރ ނޯޓް: ވެބްސައިޓްގައި “ނަވިޔަނި (ބަރު ނޫން)”، ކިޔާގޮތަށް ފޮންޓް ނެތުމުން އެއަކުރު ނުފެނިދާނެ. “ނަވިޔަނި (ބަރު ނޫން)” ފޮންޓް ޑައުލޯޑް ކުރުމަށް https://m.facebook.com/groups/329850630559210?view=permalink&id=409607752583497 އަދި ފޮންޓް “Sfs Hiyala Divurdu1” ބޭނުން ކުރެއްވުމަށް ކީބޯޑްގެ “shift NN” އިން މިއަކުރު ލިޔެވޭނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !