A wide advertisement which will be shown on all devices. (700 x 100)

ދައުލަތުގެ ވަކީލާ އައިޝާ އަށް އެތައް ބައެއްގެ ތައުރީފް

ރައީސް ޔާމީންގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ފުވައްމުލަކު ހަނީ އަލްއުސްތާޒާ އައިޝަތު މުހައްމަދުގެ ހުނަރާއި މެދު ގިނަ ބަޔަކު ތައުރީފް ކޮށްފިއެވެ.

ފަހުގެ ތާރީޚުގައި ޓީވީ ތަކުން ލައިވްކުރި ހަމައެކަނި ޝަރީއަތް ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިންގަވާފައިވާ ކަމަށް ދައުލަތުން ދައުވާ ކުރައްވާ މަނީ ލޯންޑްރިންގެ މައްސަލާގައި ދައުލަތުގެ ފަރާތުން ރައީސް ޔާމީނާ ދެކޮޅަށް ދައުވާކުރައްވާ ވަކީލާ އެއްގެ ގޮތުގައި އައިޝާ ކުރެއްވި ދައުވާ ހުށަހެޅިގޮތާއި އަދި ގާޟީގެ ސުވާލުތަކަށް ޖަވާބުދާރީވަމުން ދިޔަ ގޮތުގެ ސަބަބުން ފުވައްމުލަކުގެ ގިނަބަޔަކާއި ރާއްޖޭގެ ގިނަބަޔަކު އައިޝާއަށް ތައުރީފްކޮށް ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ.

ސިޔާސީ ފަރާތްތަކާއި މެދު ދައުލަތުން ދައުވާ ކުރައްވާ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ވަކީލާއެއްގެ ގޮތުގައި ކޯޓްތަކުގައި އައިޝާ ވަކާލާތު ކުރަމުން ގޮސްފައިވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތާއި ކާނަލް ނާޒިމްގެ ޝަރީއަތް ފާހަގަ ކޮށްލެވެއެވެ.

ފުވައްމުލަކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އައިޝާ ފަދަ ދޫހެލޭ ވަކީލާއެއްގެ ހުނަރު ފެނިފައި އެކަމަށް ފަޙްރުވެރިވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމާއި ރައީސް ޔާމީނަށް ރައްދު ދެއްވަމުން ދައުވާ ހުށަހަޅުއްވައި ދެއްވި ފުރިހަމަކަމަށްޓަކައި ގިނަ ބަޔަކު އައިޝާ އަށް ތައުރީފް ކޮށްފައިވެއެވެ.

“އެންމެ އަންހެން ކުއްޖަކު ރައީސް ޔާމީނާއި ވަކީލުންގެ ޓީމް އަގަ ބަންދުކޮށްފި، ދެންކިޔާނެ އިތުރު އެއްޗެއް ނެތް” ސޯޝަލް މީޑިއާގައި މީހަކު އައިޝާއަށް ތައުރީފްކޮށް ލިޔެފައިވެއެވެ. އެހެން މީހަކު ލިޔެފައި ވަނީ “އައިޝާ އަކީ ފުވައްމުލަކު ދަރިއަކަށް ވީތީ މިއަދު ފަޚުރުވެރިވާ ކަމަށް” އެވެ. އައިޝާ އާއި ދެކޮޅަށް މަދު ބަޔަކު ފާޑުކިޔާފައިވީ ކަމުގައި ވިޔަސް ފާޑުކީ ފަރާތްތަކާއި ދެކޮޅަށް ގިނަ ބަޔަކު އެއަށް ރައްދުދީފައި ވެސް ވެއެވެ.  

ޚާލިސް ނަޖީބް ނަމުގައި ޓްވީޓްކޮށްފައިވާ މީހަކު ބުނެފައި ވަނީ “މިވަރުގެ ކަނބަލެއް ދުޝީމު ތަ؟، މިއީ ކަނބަލުންނަކީ، މިއީ ފިސާރި ކަނބަލެއް، އެއްވެސް ޖެހިލުމެއް ބިރެއް ސިހުމެއް ނެތި ވަރަށް ސާބިތުކަމާއި އެކު ވަކާލާތުކޮށްފި”. ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޒާހިރާ އަހުމަދު

    ޙަމަސަޅި

  • ެެެެެެެެެެ އީސާ މުހައްމަދު

    ތީފިސާރި ކަނބަލެއް ތިކުރާ ހިއްވަރައް ސާބަސް

    • ޒާހިރާ އަހުމަދު

      ތިވަރުގެ ކަނބަލެއް ނުދެކެެން. ޥަރަށްބޮޑަށް ޝުކުރިއްޔާ