ފުވައްމުލަކު އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން ފުވައްމުލަކު ދަނޑުވެރިންނަށް އަމާލުކޮށް ގެން ކުރިއަށް ގެންދާ ގަސްކާނާ ހަދަން ދަސްކޮށްދޭ ވޯކްޝޮޕްގެ ބައިވެރިން ގަސްކާނާ އުފެއްދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިޕްރޮގްރާމްގެ މަގްސަދަކީ، ކެމިކަލްގެ ބަދަލުގައި ރައްކާތެރިގޮތެއްގައި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ގަސްކާނާ އުފައްދަން ދަސްކޮށްދިނުމާއި ރާއްޖެ އެތެރެކުރާ ކެމިކަލް އެކުލެވޭ ގަސްކާނާ މަދުކޮށް ދަނޑުބިމަށް އެކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމެވެ.
87 ބައިވެރިން ބައިވެރިވެފައިވާ މިޕްރޮގްރާމުގައި ދަނޑުތަކަށް ގެއްލުންދޭ ފަނިފަކުސާއާއި ޖަރާސީމް ކޮންޓްރޯލްކުރެވޭނެ ގުދުރަތީ ވަސީލަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.
+1
+1
ޚިޔާލުތައް