A wide advertisement which will be shown on all devices. (700 x 100)

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް 2016: ޤުރުއާން މުބާރާތް ފުވައްމުލަކު ސްކޫލުގައި މިއަދު ހެނދުނު ފަށައިފި

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް، 2016 ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ކުރިޔަށް ގެންދާ ގުރުއާން މުބާރާތް ފެށުން. ފޮޓޯ: އަހުމަދު ބާރީ

މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް ފުވައްމުލަކު ސްކޫލުގައި މިއަދު ހެނދުނު ފަށައިފިއެވެ. މިމުބާރާތަކީ އިސްލާމްދީނުގައި ކޮރަޕްޝަންގެ ނުބައިކަން ބަޔާންކޮށް އަންގަވާފައިވާ އެންގެވުންތައް ހަނދާންކޮށް ނަޒާހަތްތެރިކަމުގެ ސިފަތައް، މީސްތަކުންގެ މެދުގައި އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ތަފާތު ގޮތަކަށް ބާއްވާ މުބާރާތެކެވެ. އެގޮތުން ދެބައިވެރިންގެ ކިޔެވުމުގެ ދޭތެރެއިން އެންޓިކަރަޕްޝަނަށް ހޭލުންތެރި ކުރުވުމަށާއި ނަސޭހަތް ދިނުމުގެ ބަސްކޮޅުތަކެއް އިއްވަމުން ގެންދެވޭނެ އެވެ.

ފުވައްމުލަކުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ފުވައްމުލަކުގެ 4 ސްކޫލެއް ކަމަށްވާ އެމްޖޭއެމް (މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން)، ޏ. އޭއީސީ (ޏ.އަތޮޅު ތަޢުލީމީ މަރުކަޒު)، އެފްއެސް (ފުވައްމުލަކު ސްކޫލް) އަދި އަދި ހޭޒް (ހާފިޒް އަޙްމަދު ސްކޫލް)، ކޮންމެ ސްކޫލަކުން 5 ބައިވެރިންގެ ޓީމަކުން  ވާދަކުރެއެވެ. 

ހަމައެކަނި ބަލައިގެން ކިޔެވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބޭނުންކުރާނީ ޤުރުއާނުގެ އެކި ސޫރަތްތަކުން ހޮވާލެވިފައިވާ އާޔަތްތަކާއި އެ އާޔަތްތަކުގެ މާނައެވެ. މި މުބާރާތް ނިމިގެންދާއިރު، މުޅި މުބާރާތުގެ 1 އަދި 2 ވަނަ ސްކޫލާއި، މުޅި މުބާރާތުގެ 1 އާއި 2 އަދި 3 ވަނަ ދަރިވަރު ހޮވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ހެނދުނު އެފްއެސްގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެންޓިކަރަޕްޝަން ކަމިޝަނުގެ ރައީސް ހަސަން ލުތފީއެވެ.

ގުޅޭ ލިޔުން: 

އެންމެ ފުރަތަމަ ނަޒާހަތްތެރި ވާންޖެހެނީ އޭސީސީ – އެމްޑީޕީ ފުވައްމުލަކު އުތުރު ދާއިރާގެ ރައީސް ސައީދު

ގައުމީ އެންޓި ކަރަޕްޝަން ދުވަހުގެ ކުއިޒް މުބާރާތް ހޭޒްގައި ފަށައިފި

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !