A wide advertisement which will be shown on all devices. (700 x 100)

އެންޓި-ކޮރަޕްޝަން ދުވަސް 2016: ކުއިޒް މުބާރާތް ޏ. އޭއީސީ ން ކާމިޔާބުކޮށްފި

އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ހިމެނޭ ކުއިޒް މުބާރާތް ޏ. އޭއީސީ ން ކާމިޔާބުކޮށްފި. ފޮޓޯ-ޏ.އޭއީސީ

މިހާރު ފުވައްމުލަކުގައި ކުރިޔަށް ގެންދާ އެންޓި-ކޮރަޕްޝަން ދުވަސް ފާހަނގަކުރުމުގެ ހަރަކާތްތަކުގައި ހިމެނޭ ކުއިޒް މުބާރާތް ޏ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ކާމިޔާބުކޮށްފިއެވެ. ދަރިވަރުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫޙް އާލާކުރުމުގެ މަގުސަދުގައި އެންޓިކަރަޕްޝަން ކަމިޝަނާއި ފުވައްމުލަކު އަތޮޅު ކައުންސިލު ގުޅިގެން ކުރިޔަށް ގެންދިޔަ މިމުބާރާތް އޭއީސީން ކާމިޔާބުކުރީ 85 ޕޮއިންޓް ހޯދާއިގެންނެވެ.

ފުވައްމުލަކުގެ ހަތަރު ސްކޫލެއް ކަމަށްވާ އެމްޖޭއެމް (މަދަރަސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން)، ޏ. އޭއީސީ (ޏ.އަތޮޅު ތަޢުލީމީ މަރުކަޒު)، އެފްއެސް (ފުވައްމުލަކު ސްކޫލް) އަދި އަދި ހޭޒް (ހާފިޒް އަޙްމަދު ސްކޫލް)، ވާދަކުރި މިމުބާރާތުގެ 2 ވަނަ ހޭޒުން ހޯދީ 78 ޕޮއިންޓް ހޯދައިގެންނެވެ. މިކުއިޒްގައި ކޮންމެ ސްކޫލަލެއްގެ ޓީމެއްގައި ހިމެނެނީ 5 ބައިވެރިންނެވެ.

މިއަދު ހެނދުނު މިމުބާރާތް ފައްޓަވާދެއްވާފައި ވަނީ އެންޓިކޮރަޕްޝަން ކަމިޝަނުގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާއެވެ.

ގުޅޭ ލިޔުން: 

ގައުމީ އެންޓި ކަރަޕްޝަން ދުވަހުގެ ކުއިޒް މުބާރާތް ހޭޒްގައި ފަށައިފި

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޤުރުއާން މުބާރާތް ފުވައްމުލަކު ސްކޫލުގައި މިއަދު ހެނދުނު ފަށައިފި 

އެންމެ ފުރަތަމަ ނަޒާހަތްތެރި ވާންޖެހެނީ އޭސީސީ – އެމްޑީޕީ ފުވައްމުލަކު އުތުރު ދާއިރާގެ ރައީސް ސައީދު

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !