A wide advertisement which will be shown on all devices. (700 x 100)

އީޓީއެފްއޭ އިން ފުވައްމުލަކުގެ ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދެނީ

މިއީ ފުވައްމުލަކުގައި ރަސްމީ ސިފައެއްގައި ތުއްތުކުދިންނަސް ފުޓުބޯޅައިގެ ހުނަރު ދަސްކޮށް ދިނުމަށް ހިންގޭ ފުރަތަމަ ޕްރޮގްރާމް. ފޮޓޯ: ޒުހުދާ

އާރލި ޓަޗް ފުޓްބޯލް އެކަޑަމީގެ ފުވައްމުލަކު ގޮފީގެ ހަރަކާތްތައް މިއަދު ރަސްމީކޮށް ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި ފަށައިފިއެވެ. ފުވައްމުލަކު ނިރިވަން ގްރޫޕާއި ގުޅިގެން ތުއްތު ކުދިންނަށް ފުޓުބޯޅައިގެ ހުނަރު ދަސްކޮށް ދިނުމަށް ފެށުނު މިހަރަކާތަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަމަށް ފުވައްމުލަކުގެ ކޯޑިނޭޓަރ އާމިނަތު ޒުހުދާ މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ.

“މިވަގުތަށް ހަމައެކަނި ޔޫކޭޖީ އިން ފެށިގެން ގްރޭޑް 3 ގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުރި ބާރުވެއްޖެ. އިތުރަށް ގިނަ ފަރާތްތަކުން އެދޭތީ، ދެން ހީނާ އާއި ވާހަކަ ދައްކައިގެން އިތުރުކުރި 20 ފުރުސަތާއެކު ޖުމްލަ 50 ޖާގަ ވެސް މިހާރު ފުލްވެއްޖެ” ޒުހުދާ މައުލޫމާތު ދެއްވިއެވެ.

މި އެކަޑެމީގައި ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާނީ އެކަމަށް ޚާއްސަ ޓްރެއިނިން ދީފައިވާ ފިރިހެން 3 ކޯޗުންނާއި އަންހެން 2 ކޯޗުންނެވެ.

އަޅުގަޑުމެންގެ އަމާޒަކީ ގައުމީ ފެންވަރުގައި ފާހަނގަކޮށްލެވޭ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންތަކެއް މިރަށުން ވެސް ފެނިގެން ދިއުން ކަމަށާއި މިހަރަކާތުގެ ސަބަބުން އެކަން ފެނިގެންދާނެ ކަމަށް ޒުހުދާ އުއްމީދުކުރެއެވެ. 

“މިހަރަކާތަށް ލިބުނު ތަރުހީބަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ” ޒުހުދާ ފޯނުން މައުލޫމާތު ދެއްވަމުން ޝުއޫރު ފާޅުކުރިއެވެ.

ރަށުގެ ހުރިހާ ހިސާބަކުން ވެސް ކުދިން ވަނީ މިއެކަޑެމީގައި ބައިވެރިވެފައެވެ. އިތުރަށް ކުދިން ނެގޭނީ އަތުރަށް ކޯޗުން ވެސް ތަމްރީނުކޮށްގެން ކަމަށް ޒުހުދާ މައުލޫމާތު ދެއްވިއެވެ.

ވަރަށް ކުޑަ އަގެއްގެ މަހު ފީއަކާއިއެކު އާލީޓަޗް ފުޓްބޯލް އެކަޑެމީގެ ޕްރެކްޓިސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ ދަންފަޅިއަކަށް ދެދުވަހުން އެއްދުވަހު ހެނދުނާއި ހަވީރުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !