A wide advertisement which will be shown on all devices. (700 x 100)

އީ-ވޯޓިން އަށް “ނޫނެކޭ” ބުނުމަށް ކުރީގެ އިލެކްޝަން ކަމިޝަނަރ ބުނެފި!

އީވޯޓިން އާއިމެދު އާއްމުަ މީހެއްގެ ޝުއޫރު ޝޯޝަލް މީޑިއާގައި ހާމަކޮށްފައި

ރާއްޖޭގެ އިންތިޚާބުތަކުގައި އިލެކްޓްރޯނިކް ވޯޓު ނުވަތަ އީ-ވޯޓިން  ބޭނުން ނުކުރުމަށް ކުރީގެ އިލެކްޝަން ކަމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ނަމުގައި ވާ ޓުވިޓަރ އެކައުންޓަކުން ގޮވާލައި ފިއެވެ. މިއަދު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މިޓްވީޓްގެ ހަގީގަތް އެގޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް އާއިލެކްޝަން ކޮމިޝަނުން ކުރިޔަށް އޮތް އިންތިޚާބުތަކުގައި އީވޯޓިން ބޭނުން ކުރަން ތައްޔާރުވާކަން އެފަރާތުން ވަނީ ހާމަކޮށްފައެވެ،

ކުރީގެ އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ފޮޓޯއާއެކު ޝެއަރ ކުރެވެމުންދާ ޓްވީޓުގައި ފާހަނގަކޮށްފައި ވާގޮތުން ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިން އަށް ދާން ނުޖެހޭ ސަބަބަކީ އިތުބާރާއި ތެދުވެރިކަމާއި އަދުލުވެރިކަމާއި އިންސާފާއި މެދު އޮތް އިތުބާރު ކުޑަވުމެވެ. އިލެކްޓްރޯނިކް ވޯޓު ލާން ޖެހެނީ ރައްޔިތުންނަށް ޝައްކަކާއި ނުލައި އެކަން ބަލަހައްޓާ ފަރާތްތަކާއި މެދު އިތުބާރުކުރެވި ބަލައިގަނެވޭ ފުރިހަމަ އަދުލުވެރި ނިޒާމެއް ގާއިމުކުރެވިފައިވުމުން ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އަންނަ ޑިސެމްބަރުމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ބައެއް ހިސާބުތަކުގައި އިލެކްޓްރޯނިކް ވޯޓިން ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އީވޯޓިން ބޭނުންކުރާނެ ވަކި ތަންތަނެއް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !