A wide advertisement which will be shown on all devices. (700 x 100)

އެންޓި-ކަރޮޕްޝަން ޒުވާނުންގެ ހަވީރުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުންގެ ހަވީރުގެ އިސްތިހާރެއް

މިހާރު ފުވައްމުލަކުގައި ފާހަނގަ ކުރަމުންދާ ގައުމީ އެންޓިކަރަޕްޝަން ހަފުތާގެ ހަރަކާތްތަކުގައި ހިމެނޭ ޒުވާނުންގެ ހަވީރުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެފުރުސަތު ފުވައްމުލަކު އަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ. އަތޮޅު ކައުންސިލުން އާއްމުކޮށްފައިވާ ލިޔުމުގައި ވާގޮތުން 3 މެންބަރުންގެ ޓީމެއް ހަދައި ޓީމު 19 އޭޕްރީލް ގެ މެންދުރު ފަހު 2:00 ގެ ކުރިން އެކައުންސިލަށް މެއިލް ކުރުމަށް ވެއެވެ.

ޓީމުގައި ހިމެނޭ 3 މެންބަރުންގެ ނަމާއި އެޑްރެސް، އައިޑީކާޑު ނަމްބަރު، އަދި ފޯނު ނަމްބަރު ހިމަނައި ލިސްޓް އެކައުންސިލަށް އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހެއެވެ. 

ޒުވާނުންގެ ހަވީރުގައި ބައިވެރި ވެވޭނީ އެންމެ ފުރަތަމަ ފޮނުވާ 10 ޓީމަކަށެވެ.

ޒުވާނުގެ ހަވީރު އޮންނަނީ މިމަހު 22 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގައެވެ. މިހަވީރުގައި ހިމެނޭ ކުޅިވަރުތަކުގެ ތެރޭގައި ގޯނި ރޭހާއި ބޮޑު ބެރު، ބާބެކިއު، އައުޓްޑޯ ގާލެންޑޯ، ހުނި ގޭނުން ފަދަ ތަފާތު ކުޅިވަރުތައް ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !