6 އޭޕްރީލް 2020 ( ހޯމަ )

banner

ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޕީ އޮފީސް ހުޅުވުން 3 އޮގަސްޓް 2019

ދެކުނު ދާއިރާގެ މެންބަރު މުމްތާޒުގެ އޮފީސް ހުޅުވައިފި

ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒުގެ ދާއިރާ އޮފީސް އިއްޔެ ރޭ ހުޅުވައިފިއެވެ.

މިއޮފީސް ހުޅުވާފައި ވަނީ ދެކުނު ދާއިރާގެ ދޫނޑިގަމު އަވަށުން ތާރު މަގުގައެވެ.

މަޖުލިސް ކެމްޕޭން ދުވަސްވަރު ރައްޔިތުންގެ ޝަކުވާތަކުގެ އަޑު އެހުމަށް ދާއިރާގައި އޮފީހެއް ހަދާނެކަމަށް އެމްޑީޕީގެ މެނިފެސްޓޯ އެޖެންޑާ 19ގެ 4.3 ގައި ނަޒާހަތްތެރި މަޖުލިހެއް އްދުން މިބައިގައި ހިމަނާފައި ވެއެވެ.

އެގޮތުން މަޖުލީހުގެ މެންބަރުން ގަވާއިދުން މަހަކު 1 ފަހަރު ދާއިރާގެ ރަޔިތުންނާއި  ބައްދަލުކުރަން ޖެހޭނެކަމަށް ކަނޑައަޅައި ދުރާލާ މަޖުލީހުގެ ވެބްސައިޓްގައި އިއުލާން ކުރާނެކަމަށް ވެއެވެ. ނަމަވެސް މިގަވާއިދު އަދި މަޖުލީހުން  ހަދާފައެއް ނުވެއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޕީ އޮފީސް ހުޅުވުން – އާއްމުން

މެންބަރުން ދާއިރާގައި ނޫޅޭ ވަގުތުތަކުގައި ރައޔިތުންނަށް ގުޅޭނެ ގޮތަށް ކޮންމެ ދާއިރާއެއްގައި  އޮފީހެއް ގާއިމުކޮށް އެ އޮފީހަށް މުވައްޒަފެއް ކަނަޑައަޅައި އިއުލާންކޮށްފައި ހުންނަނާނެ ކަމަށް ވެއެވެ.

ދެކުނު ދާއިރާގެ މެންބަރު މުމަތާޒުގެ އޮފީސް ހުޅުވިއިރު މިއޮފީހުން މުއާސަލާތު ކުރެވޭނެ އަދި އެނގިފައެއް ނުވެއެވެ.

އެޖެންޑާ 19ގެ މިބައިގައި ދެން އޮތީ އަހަރަކު 1 ފަހަރު މަޖުލީސް  މެމްބަރުންގެ ދެމަފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާންތައް އޯޑިޓް ކުރެވި އޯޑިޓަރ ޖެނެރަލް އަށް ހުށަހަޅައި މަޖުލީހުގެ ވެބްސައިޓްގައި ޝާއިޢު ކުރާ ވާހަކައެވެ. އަހަރު ފެށުނު އިރު އެމްޑީޕީ މަޖުލިސް މެމްބަރުންގެ މާލީ ބަޔާންތަކެއް އާއްމުކުރިއެވެ. ނަމަވެސް އެއީ އެހާ އާރުލާއެއްޗެއްގެ ގޮތުގައި އާއްމުން ބަލައިގެންފައެއް ނުވެއެވެ. އެހެނީ އެއީ އޯޑިޓް ކޮށްފައިވާ މާލީ ބަޔާނަކަށް ނުވުމެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޕީ އޮފީސް ހުޅުވުމުގެ ރައްސިއްޔާތުގައި ބައިވެރިވި ބައެއް މެހުމާނުންކިޔުންތެރިންގެ ޚިޔާލު


  1. ާހުސެން 5 އޯގަސްޓް 2019 14:08

    ތީ އެއްވެސް އޮޮށްޓަރެއް ހުރި މެމްބަރެއް ނޫން.