A wide advertisement which will be shown on all devices. (700 x 100)

ކޮރަޕްޝަނާ ދެކޮޅަށް އޭ.ސީ.ސީން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރޭ ބާ؟

ކޮރަޕްޝަނާ ދެކޮޅަށް އޭ.ސީ.ސީން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެޔޭ ބުނާ ޓީމު. ފޮޓޯ- ޏ.އަތޮޅު ކައުންސިލް

މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އޭސީސީގެ ޓީމަކާއި، ފުވައްމުލަކުގެ ޓީމަކާ ދެމެދު  ރޭ ޏ. އަތޮޅު ތައުލީމީމަރުކަޒުގައި ބަހުޘެއް ބާއްވައިފިއެވެ. މި ބަހުޘްގެ މައުޟޫއަކީ “ކޮރަޕްޝަނާ ދެކޮޅަށް އޭ.ސީ.ސީން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރޭ، އަދި އިދިކޮޅޮށް ނުކުރެޔޭ އެވެ.

މިބަހުޘު ގައި ވަދަކުރީ އޭސސީސީ (އެންޓި-ކޮރަޕްޝަން ކޮމިޝަނު)ގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވުނު ޓީމަކާއި، ފުވައްމުލަކުގެ ހުރި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވުނު ޓީމެކެވެ. މައުޟޫއާ އެއްކޮޅަށް އޭސީސީގެ ޓީމުން ވަކާލާތު ކޮށްފައިވާއިރު، މައުޟޫއާ ދެކޮޅަށް ވަކާލާތު ކޮށްފައި ވަނީ ފުވައްމުލަކުގެ ޓީމުންނެވެ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގަިއ އާއމްުނަަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި ބަހުޘުގެ ފޯރި ވަރަށް ގަދަ ކަމަށް ބެލުން ތެރިއަކު މައުޅޫމާތު ދިނެވެ.

މިބަހުޘުގެ މަގުސަދަކީ ނަޒާހަތްތެރި މުޖުތަމަޢު ބިނާކުރުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމާއި، ކޮރަޕްޝަނުގެ ޢަމަލުތަކާމެދު ޢާއްމުން ހޭލުންތެރިކުރުވުން ކަމަށް އޭސީސީން ހާމަކުރެއެވެ.

ރޭގެ ބަހުޘްގެ މޮޅުވި ޓީމާއި، އެންމެ މޮޅު ބަހުޘް ކުރުންތެރިޔާ ހޮވައި އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި 21 އެޕްރީލް 2016 ގައި ފުވައްމުލަކުގައި ބާއްވާ ޚާއްޞަ ޖަލްސާގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !