A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީ އަށް 34 އަހަރު ފުރުން އެސްކޫލުގައި ފާހަނގަ ކޮށްފި

34 ވަނަ އަހަރީ ދުވަސް ފާހަނގަކުރުން. ފޮޓޯ. ޏ.އޭއީސީ

ޏ. އަތޮޅު ތައުލީމީ މަރުކަޒަށް (ޏ.އޭއީސީ) 34 އަހަރު ފުރުން މިއަދު އެސްކޫލުގައި ފާހަނގަ ކޮށްފިއެވެ. އެސްކޫލުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ އެސެމްބްލީ އަކުން ފެށުނު އަހަރީ ދުވަހުގެ ހަރަކާތްތައް ވަރަށް ފޯރިއާއެކު މިއަދު އެސްކޫލުގައި ކުރިޔަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. މިއަދުގެ ޚާއްސަ ރަސްމިއްޔާތުތަކުގައި އެސްކޫލުގެ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުންގެ އިތުރުން މުދައްރިސުންނާއި ބެލެނިވެރިން ވެސް ބައިވެރިވިއެވެ.

އަހަރީ ދުވަހާއި ގުޅުވައިގެން އެސްކޫލުގެ ޕީޓީއޭއިން ވަނީ އެކިއެކި ހަރަކާތްތަކަށް ފައިސާ އެއްކުރުމުގެ ގޮތުން ފަންޑް ފޮއްޓެއް ވެސް މިއަދު އިފްތިތާޙު ކޮށްފައެވެ. އެސްކޫލުގެ ގޯތިތެރޭގައި ދަރިވަރުންނާއި މުދައްރިސުން ތަފާތު ކުޅިވަރުތައް ކުޅޭ އުފާ ފާޅުކޮށްފައިވެއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒަކީ ރާއްޖޭގެ ނިސްބަތުން ދޮށީ ތައުލީމީ މަރުކަޒެކެވެ. އެ މަރުކަޒު ފުތަތަމަ ހުޅުވުނީ 1982 ވަނަ އަހަރުގެ އޭޕްރީލް މަހު 20 ވަނަ ދުވަހުއެވެ. އަދި އެންމެ ފުރަތަމަ ގްރޭޑް 1 އާއި ގްރޭޑް 2ގައި އެއްފަހަރާ ކިޔަވައިދޭން ފެއްޓި އިރު ޚާއްސަ ކްލާހެއްގެ ކިޔެވުން ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

ޏ،އޭއީސީ އަށް ބަދަލުވި ގްރޭޑް 2 އަދި ޚާއްސަ ކްލާހުގެ ކުދިންނަކީ އެއިރު އަތޮޅު މަދަރުސާގައި ކިޔަވައިދެމުން ދިޔަ ދަރިވަރުންނެވެ. އެއީ މިހާރު އަތޮޅުގެ ހިމެނޭ ކޮށީގެ އިރު-އުތުރު ފަރާތުގައި އެހުރި ގެސްޓްހައުސް ނުވަތަ ކެފޭ ހުރި ތަނުގައި، ބިތުގައި ގޯނި ދަމާފައި ހުރި ވަރަށް އާދައިގެ އިމާރާތެކެވެ. އަދި ފަހުން  އަތޮޅު މަދަރުސާ އެއްކޮށް އުވާލައި އެތަނުގެ ދަރިވަރުން ޏ.އޭއިީސީގެ ޚާއްސަ ކްލާސްތަކަށް ބަދަލުކުރެވުނެވެ. ޏ.އޭއީސީގައި އެންމެ ފުރަތަމަ ގްރޭޑް 8 އުފެދުނީ 1990 ވަނަ އަހަރުއެވެ. އެދަރިވަރުން އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް އިމްތިހާނު ހަދަން ދާންޖެހުނީ އައްޑޫ ހިތަދޫ އަށެވެ. 

ޏ.އަތޮޅު ތައުލީމީ މަރުކަޒަކީ ފުވައްމުލަކުގައި ހިމެނޭ 3 ޕްރަމަރީ ސްކޫލުގެ ދަރިވަރުން ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވަން ރަށުގައި ހުރި ހަމައެކަނި ސްކޫލެވެ. ކިޔެވުމުމާއި ކުޅިވަރުގައި ރަން ވަނަތަކެއް ހޯދާފައިވެއެވެ. ނަމަވެސް މިހާރު އެސްކޫލުގެ ކިޔަވައިދިނުން އެންމެ އެދެވޭ ގޮތެއްގައި ކުރިޔަށް ގެންދެވޭތޯ ގިނަ ބެލެނިވެރިން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެހެނީ ބެލެނިވެރިން އެދޭފަދަ ފުރިހަމަ ކާމީޔާބީއެއް ނަތީޖާތަކުން ނުފެންނާތީއެވެ. އަދި ރާއްޖޭގެ ނިސްބަތުން ނަގާކިޔާ އާއްޑޫ ހައިސްކޫލް، ބ.އޭއީސީ، ގދ. އޭއީސީ އަދި ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލާއި މާލޭގެ ސްކޫލްތަކާއި ރަނގަޅަށް ވާދަކޮށްލެވޭތަން މިހާރަކަށް އައިސް ނުފެންނާތީ ކަމަށް ބެލނިވެރިން ބުނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !