A wide advertisement which will be shown on all devices. (700 x 100)

ވައިބަރ ޗެޓް ލޮގް ފޮރުވާލެވޭ ގޮތް ވަނީ

ވައިބަރ އަޕްޑޭޓެޑް ވާޝަންގެ ސްކްރީން ޝޮޓްތަކެއް

ރާއްޖޭގައި އެންމެ އާއްމުކޮށް މޯބައިލް މެސެޖު ފޮނުވާ އެޕްލިކޭޝަން ކަމަށްވާ ވައިބަރ އިން ފޮނުވާ މެސެޖްތައް ފޮރުވާލެވޭ ގޮތަށް އެންކްރިޕްޝަން ތައާރަފުކޮށްފިއެވެ. ކުރިޔަށް އޮތް ހަފުތާ ތެރެގައި އާއްމުކުރެވޭ ވައިބަރ ވާރޝަން 6.0 އާއެކު ޗެޓް ލޮގުން ބޭނުން މެސެޖެއް ނުވަތަ މެސެޖް ތަކެއް ފޮރުވާލެވޭ ގޮތް ހަދާލެވޭނެއެވެ. ވައިބަރ އިން ބުނާ ގޮތުގައި މީގެ ސަބަބުން ވައިބަރ ބޭނުންކުރާ މީހުންގެ ޒާތީ މިނިވަންކަން ހިމާޔާތްކޮށް ދިނުމަށް ބާރަކަށް ވެގެން ދާނެއެވެ. 

ވައިބަރ އިން ފޮނުވާ މެސެޖްތައް ފޮރުވާލުމަށް 4 އަދަދުގެ ނަމްބަރެއް ޖަހަން ޖެހޭނެއެވެ. އަދި އައިއޯއެސް (އެޕަލްގެ) ފޯނުތަކުން ފިންގަރ ޕްރިންޓް ވެސް ބޭނުން ކުރެވޭނެއެވެ. މިގޮތަށް “ޕްރައިވެޓް” މެސެޖުގެ ގޮތުގައި ފޮރުވާލެވޭ މެސެޖެއް ސްކްރީން ޝޮޓުން ވެސް ނުފެންނާނެއެވެ. ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ މިގޮތަށް މެސެޖް ފޮނުވާލުމަށް ފަހު ފޮރުވާލެވެނީ އެމީހަކަށް އެމީހެއްގެ ފޯނު ސްކްރީނުން އެކަނި ކަމެވެ. އަނެއްކޮޅުން މެސެޖު ފޮރުވާނުލާނަމަ ފެންނާނެއެވެ.

ސައިފްރަސްގައި އުފެއްދި މަޝްހޫރު މިއެޕްލިކެޝަން ޖަޕާނުގެ “ރެކްޓެން” ކުންފުނީން ވަނީ 2014 ވަނަ އަހަރު 900 މިލިޔަން ޑޮލަރަށް ގަނެފައެވެ. ވައިބާރ އިން ހާމަކުރާ ގޮތުގައި މިހާރު އެކި ގައުމުތަކުން 700 މިލިޔަން މީހުން ވައިބާރ ބޭނުން ކުރެއެވެ.

މެސެޖު ފޮރުވޭ ގޮތް ވުމަކީ މިފަދަ އެޕްލިކޭޝަން ތަކަށް އާކަމެއް ނޫނެވެ. ދާދި ފަހުން “ވަޓްސްއެޕް”، “ލައިން” އަދި “ވަޔަރ” އިން ވެސް ވަނީ އެ އެޕްލިކޭޝަންތަކުގެ ސަލާމަތީ އަދި ޒާތީ މިނިވަންކަން ވަރުގަދަ ކުރުމުގެ ގޮތުން މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

މީގެ އިތުރުން “ޓެލެގްރާމުން” ބޭނުންކުރާ “ސީކްރެޓް ޗެޓް” ނުވަތަ ސިއްރު ވާހަކަ ވަނީ އެންކްރިޕްޓް ކުރުމުގެ އިތުރުން ކަނޑައެޅޭ ވަކި ގަޑިއިރެއް ހަމަވުމުން އަމއްިލައަށް ޑިލީޓްވެސް ކުރެވެއެވެ. އަދި “ބްލެކްބެރީ” ތައާރަފުކޮށްފައިވާ “ޕަރައިވެޓް ޗެޓް” ނުވަތަ އަމިއްލަ ވާހަކައިގެ ޗެޓް ކުރާ މީހުންގެ ނަން ފޮރުވާލާ ޗެޓްގައި ބައިވެރިވާ އެންމެންގެ ފޯނުން ކަނޑައެޅޭ ވަކި ވަގުތެއް ހާމަވުމުން ޑިލީޓް ކުރެވެގޮތަށް ވެސް ފޯނު ސެޓްކުރެވެއެވެ.

ނަމަވެސް ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޓެކްނޮލޮޖީގެ މިފަދަ ކުންފުނިތަކާއި ދެމެދު ވަނީ ޚިޔާލު ތަފާތުވެ މަސްރަޙު ނުތަނަވަސް ވެފައެވެ. މިކަން އެންމެ ބޮޑަށް ހާމަވަނީ އެޕަލް އާއި އެމެރިކާގެ އެފްބީއައި އާއިދެމެދު ހިގާ ސެކިއުރިޓީ އަދި ޕްރައިވެސީ އެންކްރިޕްޝަން މައްސަލަތަކާއި މެދު ހިނގާ ހޫނު ބަހުޘުންނެވެ.

ވައިބަރގެ އަލަށް އަންނަ އަޕްޑޭޓާއެކު ކަލަކޯޑުން ވައިބަރ އެކައުންޓް އަލުން ވެރިފައި ކުރެވޭގޮތަށް ވެސް ވަނީ ހަދާފައެވެ. މީގެ ސަބަބުން ޗެޓްކުރާ މީހާގެ ސެކިއުރިޓީ ލެވެލް އެނގިގެންދާނެއެވެ. ޔަގީން ނުކުރެވޭ އެކައުންޓްތައް ރަތްކުލައިގެ ތަޅަކުން އަންގައިދޭނެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !