A wide advertisement which will be shown on all devices. (700 x 100)

ގައުމީ އެންޓިކަރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާ ޏ. އޭއީސީގައި ބާއްވައިފި

ގައުމީ އެންޓިކަރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާގައި ފުވައްމުލަކު އަތޮޅު ކައުންސިލުގެ ރައީސާއި ނާއިބުރައީސް (ކ. އަދި ވ.)

ގައުމީ އެންޓިކަރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާ ޏ. އޭއީސީގައި ކުރިޔަށް މިރޭ ކުރިޔަށް ގެންގޮސްފިއެވެ. ޓީވީއެމުން ލައިވް ކުރަމުންދާ މިޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެއިފައި ވެއެވެ. އެންޓިކަރޮޕްޝަން ދުވަސް ފާހަނގަކުރުމުގެ ގޮތުން ކުރިޔަށް ގެނދެވުނު އެކިއެކި ހަރަކާތަކުން ވަނަ ހޯދި ފަރާތްތަކަށް އިނާމު ދިނުން ވެސް މިޖަލްސާގައި އޮތެވެ.

މިރޭގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހަންމަދު ލަތީފެވެ. ޑރ. ލަތީފު ވިދާޅުވީ ކަރަޕްޝަންގެ ކަންތައްތައް ގައުމުން ނައްތާލެވޭނީ ދައުލަތުގެ އިދާރާތަކެކޭ އެއްގޮތަށް އާއްމު މުއާމަލާތުތަކުގައި ވެސް ކޮރަޕްޝަން ހިނގާތޯ ބެލިގެންނެވެ. މިފަދަ ދުވަސް ފާހަނގަ ކުރުމުގެ ބޭނުމެއް ކަމަށް ޗާންސެލަރ ވިދާޅުވީ އާއްމުން ކޮރަޕްޝަނުގެ އަމަލުތަކަށް މީހުން ހޭލުންތެރިކުރުވައި ފަރުދުންގެ ކިބައިން ކޮރަޕްޝަން ނައްތާލުމަށް ކަމަށެވެ.

އެންޓިކަރަޕްޝަން ކުއިޒް މުބާރާތުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ހޭޒްގެ ހައްވާ ސަމްޙާއެވެ. އެއްވަނަ ސްކޫލަކީ ޏ. އޭއީސީ އަދި 2 ވަނަ ލިބުނީ ހޭޒް އަށެވެ.

ވަކި ތީމެއް ކަނޑައަޅައިގެން ކުރިޔަށް ގެންދިޔަ ގުރުއާން މުބާރާތުން އެއްވަނަ ސްކޫލަކީ ހޭޒް އެވެ. އެއްވަނަ ދަރިވަރަކީ އައިޝަތު އިބާ ފަޔާޒު އެމްޖޭއެމް އެވެ. ދެވަނަ އަށް އަދި 3 ވަނަ އަށް ދިޔައީ ހޭޒްގެ ފައިހާ ފަޔާޒު އާއި އާމިނަތު ނަހޫ އެވެ. ގުރުއާން މުބާރާތުގެ 1 ވަނަ ސްކޫލަކަށް ހޮވުނީ ހާފިޒު ހަޙުމަދު ސްކޫލެވެ. އަދި 2 ވަނަ ސްކޫލަކީ ޏ.އަތޮޅު ތައުލީމީމަރުކަޒު އެވެ.

އެންޓިކަރަޕްޝަން ކަމިޝަނުން ކަރަޕްޝަނާއި ދެކޮޅަށް އެދެވޭ މިންވަރަކަށް މަސައްކަތް ނުކުރެއޭ ބުނެ ވަކާލާތުކުރި ޏ.އޭއީސީގެ ޓީމަށް ބަހުސުން އެއްވަނަ ލިބުނު އިރު އެނެމް މޮޅު ބަހުޘުކުރުން ތެރިޔަކަށް ހޮވިފައިވަނީ އޭއީސީގެ ޓީމުގެ އަބްދު ﷲ މިޒާން އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !