A wide advertisement which will be shown on all devices. (700 x 100)

“ފުވައްމުލަކަކީ ނަޒާޙަތްތެރި ބައެއް ދިރިއުޅޭ ރަށެއް” އޭސީސީގެ ނ.ރައީސް މުއައްވިޒު

އޭސީސީން ފުވައްމުލަކުގައި ބޭއްވި އެންޓިކަރަޕްޝަން ހަފުތާގެ ތެރެއިން، މުއައްވިޒު ރަޝީދު.

ފުވައްމުލަކުގައި ދިރިއުޅެނީ ނަޒާހަތްތެރި ބައެއްކަމަށް އެންޓި-ކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ ނާއިބު ރައީސް އަލް އުސްތާޒު މުއައްވިޒު ރަޝީދު ރޭ ވިދާޅުވެއްޖެއެވެ. މުއައްވިޒު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ވަކިވަކި ފަރުދުންގެ ގިނަ އަދަދެއްގެ ނަޒާހަތްތެރި ބަޔަކު ފުވައްމުލަކުގައި އުޅުއްވައެވެ. ރޭ ފުވައްމުލަކު ތުނޑީގައި ނަޒާހަތްތެރިކަމުގެ ފޯވަހި ނިންމުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މުއައްވިޒު އިތުރަށް ވިދާޅުވީ ފުވައްމުލަކުގައި ފާހަނގަ ކުރެވުނު މިދުވަހުގެ ސަބަބުން އޭސީސީއާއި ފުވައްމުލާއި ދެމެދު ގައިވާގުޅުން ބަދަހިވެގެން ދިޔަކަމަށެވެ.

އަދި އޭސީސީން އަހަރަކު ހަތަރު ފަހަރު ނެރޭ މަޖައްލާގައި ފުވައްމުލަކުގައި ތިބި ނަޒާޙަތްތެރިންގެ ނަން މިފަހަރު ހިމެނުމަށް ނިންމާފައިވާނެ ކަމަށެވެ.

ފުވައްމުލަކުގައި ފާހަނގަކުރެވުނު ގައުމީ ނަޒާހަތްތެރިކަމުގެ ހަފުތާގެ އެކިގޮތްގޮތަުން އެހީތެރިވި ފަރާތްތަކަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !