20 އޯގަސްޓް 2019 ( އަންގާރަ )

މިއަދު ފުވައްމުއްލް ސިޓީ ތުނޑިއަށް ލައިގެން އުޅެ ބިއްސާވެލި - ފޮޓޯ ކެޕްޗަރ: ނާޒިހު

ގިނަ ދުވަސްތަކަކަށް ފަހު ތުނޑިއަށް ބިއްސާވެޔެއް ލައިފި

ގިނަ ދުވަސްތަކަކަށް ފަހު ފުވައްމުލައް ސިޓީ ތުނޑިއަށް ބިއްސާވެއްޔެއް ލައިފިއެވެ. މިއަދު ހެނދުނުން ފެށިގެން ބިއްސާވެއްޔަށް އެރިގެން ކުދިން އުޅޭތަން ފެނެއެވެ.

ބިއްސާވެލި ނުވަތަ ބިއްސާވެއްޔަކީ ކުރިން ގިނަ ގިނައިން ފުވައްމުލަކު ތުނޑީން ފެންނަ މަންޒަރެކެވެ. ބިއްސާވެލި ލަނީ ތުނޑީގެ ބޮޑު ދޮންވެލިގަނޑުގެ މެދުން އަޑިވެ މޫދު ލޮނު އެހިސާބުން ތިލަމުންނެވެ. ފުވައްމުލަކު މީހުން ބިއްސާވެލި ސިފަކުރަނީ މޫދުލުނުގެ ސުވިމިން ޕޫލެއްގެ ގޮތުގައެވެ. ބިއްސާވެލީގެ ލޮނުގަނޑު އެކިހިސާބުގައި ފުންމިން ތަފާތުވެފައި ވުމުން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފެތުމަށް ބިއްސާވެލި ބޭނުންކުރެވެއެވެ. އަދި މޫދާ ޚިލާފަށް ރާޅުގެ އަސަރު ނެތުމުން ވަރަށް ހިތްގައިމުކޮށް ފަތާލެވެއެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބިއްސާވެލީގެ ބޭރުފަރާތުން ކޮންމެވެސް ވަރަކަށް ރާޅު ވައްދައެވެ. އައި އެއާކު ބިއްސާވެލީގެ ލޮނުގަނޑުގެ ފުންމިން އިތުރު ވެގެން ދެއެވެ.

މިއަދު ބިއްސާވެލި ލުމާއެކުހެން މީހުން އެދިމާލަށް ދާންފެށިއެވެ. އަދި މިހާރުވެސް ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ބިއްސާވެއްޔަށް އެރި ފަތާ މަޖާކުރަމުން ދާކަމުގެ މައުލޫމާތު ލިބެއެވެ.

މިއީ މިފަހަރުގެ ބޮޑު އީދު ޗުއްޓީގައި ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރި ފަރާތްތކަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވެގެންދާނެއެވެ. އެއީ މިފަދަ ބިއްސާވެއްޔަކާއި ދިމާވުމަކީ މިފަހަކަށް އައިސް ވަރަށް މަދުން ނޫނީ ދިމާނުވާ ކަމަކަށް ވާތީއެވެ.

ބިއްސާވެއްޔަށް ކުދިން އެރިގެން ފަތަނީ – ފޮޓޯ ކެޕްޗަރ: ނާޒިހު

މިދުވަސްވަރަކީ ދެކުނުގެ ރަސްތަކަށް މޫސުމް ގޯސް ދުވަސްކޮޅެކެވެ. މޫސުމާބެހޭ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ވައިގަދަވާނެއެވެ. އެކަމަކު މިވަގުތު ފުވައްމުލައް ސިޓީއަށް ވާރޭ ވެހޭކަމަކަށް ނުވެއެވެ.



ކިޔުންތެރިންގެ ޚިޔާލު


  1. ފުވައްމުލަކުމީހާ 12 އޯގަސްޓް 2019 16:08

    މިރަށި މީހުންނަރޮނާނޫހެކިމީހުންނަ ބިއްސާވެލި ނިއެގުނާވަރަހަދެރަވެވެ.

  2. Angela 13 އޯގަސްޓް 2019 20:08

    ގިނަ ފޮޓޮތަކެއް ހިމަނާލިނަަމަ