A wide advertisement which will be shown on all devices. (700 x 100)

ތަޙްޤީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުވައްމުލަކު މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮއްފި

ފުނާޑު އަވަށުގައި ހުންނަ މެރީނާ ބުޓިކް ގެ އޯނަރ، ޏ، ފުވައްމުލަކު،މެރީނާ، ޙުސައިން ޢަލިދީދީ (ފެމިކޮމް ހުސޭން) 54އ އެވެ

ފުލުހުން ތަޙްޤީގު ކުރަމުންދާ މަސަލައަކާއި ގުޅިގެން ފުވައްމުލަކު މީހަކު ހޯދުމަށް އިއުލާންކޮއްފިއެވެ.

ފުލުހުން ތަޙްޤީގު ކުރަމުންދާ މަސަލައަކާއި ގުޅިގެން ހޯދުމަށް އިއުލާންކޮއްފައިވާ މީހަކީ، ފުނާޑު އަވަށުގައި ހުންނަ މެރީނާ ބުޓިކް ގެ އޯނަރ،  ޏ، ފުވައްމުލަކު،މެރީނާ، ޙުސައިން ޢަލިދީދީ (ފެމިކޮމް ހުސޭން) 54އ އެވެ

ފުލުހުންެ ހާމަކުރައްވާފައިވާ ގޮތުގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޙުސައިން ޢަލިދީދީ ހޯދަން ބޭނުންވެ ހޯދައި ނުފެނިފައިވާ ކަމަށެވެ.

އަދި ޙުސައިން ޢަލިދީދީ ފުލުހުންގެ އިދާރާއަށް ހާޒިރުވެ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް  ފުލުހުން ވަނީ އެދިލައްވާފައެވެ. އަދި ޙުސައިން ޢަލިދީދީ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް މަތީގައި ދަންވާފައިވާ ނަންބަރަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިލައްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !