A wide advertisement which will be shown on all devices. (700 x 100)

އެމްޖޭއެމް ސުކޫލްގައި ކާބޯތަކެތީގެ މައުރަޒަކާއި ޖަމްބަލްސޭލެއް މިއަދު ބާއްވަނީ

އެރ

ފުވައްމުލަކު އެމް.ޖޭ.އެމް ކާބޯތަކެތީގެ މައުރަޒަކާއި ޖަމްބަލްސޭލެއް މިއަދު އޮންނާނެކަމަށް އެސުކޫލްއިން ވިދާޅުވެއްޖެއެވެ. އެމްޖޭއެމް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ ނިޒާރު ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ކާބޯތަކެތީގެ މައުރަޒާއި ޖަމްބަލް ސޭލްގައި ވަރަށް އަގުހެޔޮކޮށް ތަކެތި ލިބެން ހުންނާނެކަމަށެވެ. އަދި މިއީ ދަރިވަރުންނާއި ބެލެނިވެރިން އަދި ސުކޫލް ގުޅިގެން ހިންގާ ހަރަކާތެއް ކަމަށެވެ.

“މި މައުރަޒުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމާއި ގުޅޭ އެތައް ބާވަތް ތަކެއްގެ ކާނާ ލިބެން ހުންނާނެ، އަދި ނޫޑުލްސް، ބިރިޔާނީ އަދި ފްރައިޑް ރައިސްފަދަ ޒުވާނުންނާއި ގުޅޭ ބާވަތްތަކުގެ ކާނާ މި މައުރަޒުން ލިބެން ހުންނާނެ އަދި ހަމަ މިއާއި އެކު މި އިވަންޓް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން މި މައުރަޒު ކުރިޔަށް ދާގަޑީގައި ޖަމްބަލް ސޭލް އެއްވެސް ކުރިޔަށް ދާނެ” ނިޒާރު ވިދާޅުވިއެވެ.

މިމައުރަޒާއި މިފަދަ މައުރަޒުތަކަކީ މަދުން ބޭއްވޭ މައުރަޒުތަކަކަށް ވުމުން މިފަދަ މައުރަޒުތަކުގެ ބޭނުން ހުރިހައި ބޭފުޅުންވެސް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރާނެކަން ޔަގީނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !