A wide advertisement which will be shown on all devices. (700 x 100)

ފުރަތަމަ ފަހަރަށް ޗާޕުކުރެވުނު ދިވެހި 1000 ރުފިޔާ

އަލަށް ޗާޕުކުރެވުނު ރާއްޖޭގެ 1000 ރުފިޔާގެ ނޫޓް އާއްމުކޮށް ބޭނުންކުރުމަސް އަދި ދޫކޮށްފައެއް ނުވޭ. ފޮޓޯ: އައިބީއެންއެސް

ފުރަތަމަ ފަހަރަށް ޗާޕު ކުރެވުނު ދިވެހި 1000 ރުފިޔާގެ ނޫޓް އިންޓަރނޭޝަނަލް ބޭންކް ނޫޓް ސޮސައިޓީ (ބައިނަލް އަގުވާމީ ރުފިޔާގެ ޖަމްއިއްޔާ)ގެ މިއަހަރުގެ ނޮމިނޭޝަން ތެރޭގައި ހިމެނިއްޖެއެވެ. މިއީ ކޮންމެ އަހަރަކު ވެސް ނެރޭ ނޫޓުތަކުގެ ތެރެއިން ކުރެހުމުގެ ފަންނުވެރިކަމުން އެންމެ އެންމެ މޮޅު އަދި ސަލާމަތީ ފިޔަވަޅުތައް އެންމެ ރަނގަޅު ނޫޓެއް ފާހަނގަ ކުރުމުގެ ގޮތުން ނޮމިނޭޓް މިކުރެވޭ ނޫޓުތަކެކެވެ. މިނޫޓް ވާންޖެހެނީ އާއްމުކޮށް ބޭނުންކުރުމަށް ދޫކުރެވިފައިވާ ނޫޓަކަށެވެ. މިގޮތުން އެޖަމްއިއްޔާގެ މެންބަރުންނަށް ނޮމިނޭޓް ކުރެވޭ ނޫޓުގެ ތެރެއިން ކޮންމެ އަހަރަކު ވެސް އެއްވަނަ ހޯދާ ނޫޓެއް ހޮވައި އިއުލާން ކުރެވެއެވެ.

އެގޮތުން ފާއިތުވި އަހަރު އެއްވަނަ ހޯދާފައި ވަނީ ނިއުޒީލޭންޑްގެ 5 ޑޮލަރުގެ ނޫޓެވެ. އެއިގެ ކުރީ 2014 ވަނަ އަހަރު އެއްވަނ ހޯދާފައިވަނީ ޓްރިނިޑާޑް އެންޑް ތޮބޭގޯގެ 50 ޑޮލަރުގެ ނޫޓް އަދި އެއިގެ ކުރި އަހަރު ކަޒަކިސްތާނުގެ 1000 ޓޭންގް ނޫޓު އެއގެ ކުރީ އަހަރުވެސް ކަޒަކިސްތާނުގެ 5000 ޓެންގް ނޫޓު ވަނީ އެއްވަނަ އަށް ހޮވިފައެވެ.

ރާއްޖޭގެ ނޫޓެއް އަދި އެއްވަނައަށް ހޮވިފައެއް ނުވެއެވެ. ރާއްޖޭގެ 1000 ރުފިޔާގެ ނޫޓް އެންމެ މޮޅު ނޫޓުގެ ގޮތުގައި ނޮމިނޭޓް ކޮށްފައިވަނީ ކްރިސްޓޮފަރ ޒެލްވެގަރ އެވެ.

މިމުބާރާތަށް ނޮމިނޭޓް ކުރެވޭ ނޫޓު ވާންޖެހެނީ އާއްމުކޮށް ބޭނުން ކުރުމަށް ދޫކުރެވިފައިވާ ނޫޓަކަށެވެ. ރާއްޖޭގެ 1000 ރުފިޔާގެ ނޫޓް އާއްމުންނަށް ދޫކުރެވިފައި ވިޔަސް އަދި އެހާ އާއްމުކޮށް ފެންނަމުންނެއް ނުދެއެވެ.

ޜާއްޖޭގެ އާނޫޓު ސީރީސް އާއިއެކު 5000 ރުފިޔާގެ ހަނދާނީ ނޫޓެއް ވެސް ނެރެފައި ވެއެވ. ނަމަވެސް އެއީ އާއްނުކޮށް ވިޔަފާރީގައި ބޭންކުރުމަށް ނެރެފައިވާ ނޫޓެއް ނޫނެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !