A wide advertisement which will be shown on all devices. (700 x 100)

އަނިޔާކޮށް އެއްލާލާފައިވާ ފުވައްމުލަކު ޒުވާނާ މަރުވެއްޖެ

ނާޝިދު 'އޯޕަން ހޭންޑް' ޖަމްއިއއްޔާގެ ހުޅުވި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަނީ. ފޮޓޯ: ނަޖާހު އަދި އަފީފު

ސީރިއަސް އަނިޔާތަކެއް ކުރުމަށް ފަހު، އާއިޖީއެމްއެޗްގެ އާއިމާރާތް އެޅުމަށް ބަންދުކޮށްފައިވާ ސަރަހައްދަށް، އެއްލާލާފައިވާ ފުވައްމުލަކުގެ ދޫނޑިގަމު 30 އަހަރުގެ ޒުވާނާ މައުވެއްޖެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައިފިއެވެ. ހޮސްޕިޓަލުގައި އިއްޔެ ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ދޫނޑިގަމު އަންދަލީބުގެ ނާޝިދު މޫސާ (ކައުޑޭ) ކިޔާ ޒުވާނެކެވެ.

އައިޖީއެމްއެޗަށް އޭނާ ގެންދިޔަ އިރު ހޭނެތިފައި ވާކަމަށާއި ބޭރުފުށުން މާބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާކަމަށް ވެއެވެ. ނަމަވެސް ޒަޚަމްތަކަކާއެކު އަނިޔާކޮށްފައިވާކަން އެނގެން ހުރިކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ހާމަކޮށްފައިވެއެވެ. ނާޝިދު މޫސާގެ ތަންގަޑުމީހުންގެ ފަރާތުން އެނގުނު ގޮތުގައި އޭނާއަކީ ވެސް ރަށުތެރޭގައި “ގޯސްމަގުން ހިނގާ” މީހެކެވެ. އަދި އޭނާގެ ތަފާތު މައްސަލަތަކެއް ފުލުހުން ތަހުގީގު މަރުހަލާގައި ވާކަމަށް ވެއެވެ. 

މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މި މަރާ ގުޅިފައިވަނީ ޑްރަގް ގޭންގްތަކާއި ކަމަށް ބެލެވެއެވެ. ނާޝިދު މަރާލާން ބަޔަކު އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ގުޅާފައި މީހަކު ބުނި އަޑު އެހިކަމަށް އެހެން މީހަކު ބުނިކަމަށް ވެއެވެ. އެއީ މިދިޔަ އަންގާރަ ނުވަތަ ބުދަ ދުވަހުގެ ރޭ ކަމަށް އެފަރާތުން ހާމަކުރެއެވެ. ނަމަވެސް އެރޭ އެމީހުންނަށް (މަރާލަން އުޅުނު ގުރޫޕަށް) ނާޝިދު އަތުނުޖެހުނު ކަމަށް ވެއެވެ. 

ނާޝިދަށް އަނިޔާކޮށް އެއްލާލާފައި ވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ފަރާތުން މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މަރުވި މީހާގެ އާއިލާގެ ފަރާތުން ބުނި ގޮތުގައި ގަސްދުގައި ބަޔަކު އޭނާ މަރާލަން އަނިޔާކޮށްފައިވާ ކަމަށް ބެލެވޭކަމަށް ވެއެވެ.

ނާޝިދު (ކައުޑޭ) އަކީ ދޫނޑިގަމުގެ އިޖުތިމާއީ ހަރަކާތްތަކުގަިއ ބައިވެރިވާ ފަރާތެއްކަމަށް ދޫޑިގަމު ބައެއް މީހުން ހާމަކުރެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !