A wide advertisement which will be shown on all devices. (700 x 100)

ހޭޒްގެ ސްޕޯރޓްސް ފެސްޓިވަލް ފުވައްމުލަކު ސްޓޭޑިއަމްގައި ކުރިޔަށްދަނީ

ހޭޒްގެ ސްޕޯރޓްސް ފެސްޓިވަލް 2016 ފުވައްމުލަކު ސްޓެޑިއަމްގައި. ފޮޓޯ ހހޭޒް

ހާފިޒު އަޙުމަދު ސްކޫލު (ހޭޒް) ގެ މިއަހަރުގެ ސްޕޯރޓްސް ފެސްޓިވަލް ފުވައްމުލަކު ސްޓެޑިއަމްގައި ފަށައިގެން ކުރިޔަށް އެބަދެއެވެ. އެސްކޫލުގެ 812 ދަރިވަރުން ބައިވެރިވާ ކުޅިވަރުގެ މިހަރަކާތް ފަށާފައިވަނީ މިދިޔަ ބުދަދުވަހު އެވެ. 50 ހާ އިވެންޓް ހިމަނައިގެން ކުރިޔަށް ގެންދެވޭ މިހަރަކާތުގައި އެސްކޫލުގެ 4 ހައުސްގެ ދަރިވަރުން ވާދަކުރެއެވެ. މިހަރަކާތުގައި ގްރޭޑް ކްލާސްތަކާއި ރެއިންބޯޔުނިޓް އަދި ޕްރީސްކޫލް ކުދިންގެ އިވެންޓްތައް ވެސް ހިމެނެއެވެ.

ގްރޭޑް ކްލާސްތައް ބަހަލާފައި ވަނީ، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، އަދި 13 އަހަރުން ދަށުގެ އުމުރުފުރާތަކަށެވެ. މިއުމުރުފުރައިގެ ދަރިަވރުން 36 އިވެންޓެއްގައި 4 ހައުސް މެދުގައި ވާދަކުރާނެއެވެ. ދުވުމުގެ އިވެންޓް ތަކުގެ ތެރޭގައި 30 މީޓަރު ދުވުން، 40 މީޓަރު ދުވުން، 50 މީޓަރު ދުވުން، 60 މީޓަރު ދުވުން، 100 މީޓަރު ދުވުން 20 މީޓަރު ދުވުން ހިމެނެއެވެ. އަދި 400 މިީޓަރު ދުވުމާއި 800 މީޓަރު ދުވުން ހިމެނެއެވެ. ރިލޭގެ އިވެންޓްތަކުގެ ތެރޭގައި 8 ގުނަ 40 މީޓަރު، 8 ގުނަ 50 މީޓަރު، 8 ގުނަ 80 މީޓަރުގެ އިތުރުން 8 ގުނަ 100 މީޓަރު އަދި 4 ގުނަ 100 މީޓަރުގެ ރިލޭ ހިމެނެއެވެ.  ފީލްޑް އިވެންޓް ތަކުގެ ތެރޭގައި ލޯންގް ޖަމްޕް ، ހާޑްބޯލް ތްރޯ އަދި ސޮފްޓްބޯލް ތްރޯ، ސެކް ރޭސް ހިމެނޭ ކަމަށް އެސްކޫލުގެ ލީޑިން ޓީޗަރ އާއިޝަތު އަޒުލިފާ މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. 

މިހާ ގިނަ ދަރިވަރުން ބައިވެރިކޮށްގެން އެތްލިޓިކްސް މީޓެއް ފުވައްމުލަކުގެ އެއް ސްކޫލަކުން އަދި ބާއްވާފައި ނުވާކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ހޭޒްގެ ދަރިވަރުންގެ ފިޒިކަލް ގޮތުންނާއި މެންޓަލް ގޮތުން އަދި ސްޕޯރޓްސް ދާއިރާއިން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަގުސަދުގައި އެސްކޫލުން ކުރިޔަށް މިގެންދާ ހަރަކާތްތުގައި ހުރިހާ ޓީޗަރުންނާއި މުވައްޒަފުން ހެން ވަރަށް ފޯރިއާއެކު ބައިވެރިވާ ކަމަށް ލީޑިން ޓީޗަރު މައުލޫމާތު ދެއްވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !