A wide advertisement which will be shown on all devices. (700 x 100)

ދިގުވާނޑު ކައުންސިލުން ހިނަވާގެއެއް އަޅަނީ

އަރުއްފަންނުގައި ހަދާފައިވާ މޮނިއުމަންޓާއި ބާބަކިއު އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާލިސް ވާހަކަ ދައްކަނީ

ފުވައްމުލަކު ދިގުވާނޑު ކައުންސިލުން މައްޔިތުން ހިނެވުމަށް ހިނަވާގެއެއް ވަރަށް އަވަށް އަޅާ އެތަނުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ.

ދިގުވާނޑު އަރުއްފަންނުގައި މޮނިއުމެންޓަކާއި ބާބަކިއު ހަދާނެ ތަނެއް ހުޅުވުމުގެ ގޮތުން އާދީއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހާކަ ދައްކަވަމުން ދިގުވާނޑު ކައުންސިލްގެ ރައީސް މުހައްމަދު ޚާލިސް ޝަރީފް ވިދާޅުވީ ވަރަށް އަވަހަށް އެކައުންސިލުން މުޅި ފުވައްމުލަކު ރައްޔިތުންނަށް ހިދުމަތް ލިބޭގޮތަށް ހިނަވާގެއެއް އެޅުމަށްފަހު އެތަނުގެ ހިދުމަތް ފައްޓަވާނެކަމަށެވެ.

“ހިނަވާގެއަކީ މިރަށަށް ވަރަށް މުހިންމުތަނެއް، މިރަށުގެ އެއްވެސް ތަނެއްނެތް މައްޔިތުން ކަށުކަމާއި ކެމީގެ ކަންތައްތައް ކުރުމަށް ހާއްސަ ކުރެވިފައި، މިހެންކަމުން މިބޮޑު އާބާދީއަށް މިއީ މުހިންމު ހިދުމަތެއް، ހިނަވާގެއެއް އިމާރާތް މިކުރަނީ އަތޮޅު ކައުންސިލްގެ އެހީތެރިކަމާ ވެސް އެކުގައި، މިއީ މުޅި ފުވައްމުލަކު ރައްޔިތުންނަށް ދިގުވާނޑު ކައުންސިލުން ކޮށްދޭކަމެއް” ޚާލިސް ވިދާޅުވިއެވެ.

ދިގުވާނޑު ކައުންސިލުން މީގެ ކުރިންވަނީ ޕަބްލިކް ލައިބްރަރީއަކާއި، ޒަމާނީ ފެންވަރަށް ހަދާފައިވާ ހުކުރު މިސްކިތެއްގެ އިތުރުން ކުޑަކުދިންގެ ޕާކެއްވެސް ގާއިމްކޮށްފައެވެ. ފުވައްމުލަކު ކައުންސިލްތަކުގެ ތެރެއިން ފުވައްމުލަކަށް އުމްރާނީ ގޮތުން އެންމެ ބޮޑު ހޭދައެއް އަދި ތަރައްގީއެއް ގެނެސްދީފައިވަނީ ދިގުވާނޑު ކައުންސިލުންކަން ފާހަނގަކޮށްލެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !