A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީއަށް ވެލި ގެންގޮސްދޭނެ ބަޔަކު ހޯދަނީ

ދޮންވެލި ނެގުން: ފުވައްމުލަކަށް ދޮންވެލި ގެންނަނީ ހުވަދޫ އޮތޮޅުގެ ފަޅުތަކުން ދޮންވެލި ނަގައިގެން

ފުވައްމުލައް ސިޓީއަށް ދޮންވެލި ގެންގޮސްދޭނެ ނުވަތަ ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވާ ގޮތުން ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހުވަދު އަތޮޅުން ވެލިނަގައިގެން ފުވައްމުލަކަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލާން ކުރާކަމަށް ވެއެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު ކުރިޔަށް އޮތް އޮކްޓޯބަރު މަހު 3 ވަނަ ދުވަހުގެ މެދުރު 13:00 އަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިއުލާންކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީގެ އިމާރާތް ކުރުމުގެ މަސައްކަތް މުޅިންހެން ހުއްޓިފައި ވަނީ އެކަމަށް ބޭނުވާ ދޮންވެލި ލިބޭނެ ގޮތެއް ނެތިގެން ކަމަށް ރަށުގައި މަސައްކަތް ކުރާ ފަރާތްތަކުން ހާމަކުރެއެވެ. ރަށުން ހިލަވެލި ލިބުން ވެސް އެހާ ފަސޭހަ ނޫންކަމަށާއި ހިލަވެލީގެ އަގު ބޮޑުކަމުން ރަށުގެ ގިނަ ބަޔަކު އަދިވެސް އިމާރާތް ކުރުމުގައި މުޅިންހެން ބޭނުންކުރަނީ ދޮންވެލި ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ ވަފުދަކުން ވަނީ ދާދިފަހުން ހުވަދު އަތޮޅުގެ ކައުންސިލަތަކާއި ބައްދަލުކޮށް ދޮންވެލި ލިބޭނެ ގޮތެއް ހޯދުމަށް މަޝްވަރާތަކެއް ކޮށަފައެވެ. އަދި ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު ދޮންވެލި ލިބޭނޭ މަގެއް މިހާރު ވަނީ ހަމަޖެހިފައި ކަމަށް ވެއެވެ.

މިހާރު ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އެގޮތުން ލިބޭ ދޮންވެލި ފުވައްމުލަކަށް ސަޕްލައި ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !