ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން މުވައްޒަފުންނަށް އެކަބަލުންގެ ހައިޟުގެ ދުވަސްވަރަށް ހޭދަވާ މުއްދަތަށް ރޯދަ އެލަވަންސް އުނިކުރުމަށް ސިވިލް ސާވިސަސް ކޮމިޝަނުން އަންގަވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ލިއުމަކީ ފޭކް ލިއުމެއް ކަމަށް ޏ.އަތޮޅު ތައުލީމީ މަރުކަޒުން ހާމަކޮށްފިއެވެ.
ޏ. އަތޮޅު ތައުލީމީ މަރުކަޒުން ރޯދަ އެލަވަންސް ދޭން ނިންމަވާފައިވަނީ ފައިނޭންސް މިނިސްޓްރީގެ ސަރކިއުލަ އާއި އެއްގޮތަށް ކަމަށާއި އަދި އެލިއުމުގައި ވާފަދަ ވާހަކައެއް ރަސްމީކޮށްވެސް އަދި ނުރަސްމީކޮށްވެސް ދެކެވިފައި ނުވާ ކަމަށް އެސްކޫލުން ބުންޏެެވެ.
މިފަދަ ތަފާތު އަސްލެއްނެތް ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުކޮށް ފެތުރެވުން ދެއެވެ.
+1
+1
ޚިޔާލުތައް